ދިރާގު

ދިރާގުން ޑައުން ސިންޑްރޯމް ކުދިންގެ ސްޕީޗް ތެރެޕީއަށް އެހީއެއް

ދިރާގުގެ އެހީތެރިކަމާއެކު ބިއުޓިފުލް އައިސް އިން ޑައުން ސިންޑްރޯމް ހުންނަށް ކުދިންނަށް ސްޕީޗް ތެރަޕީ ޕްރޮގްރާމެއް ހިންގަން އެހީއެއް ދީފިއެވެ. ޑައުން ސިންޑްރޮމް ކުދިންނަށް ސްޕީޗް ތެރެޕީ ޕްރޮގްރާމް ބާއްވަނީ ހދ. އަތޮޅުގަ އެވެ.

ދިރާގުން ބިއުޓިފުލް އައިސް އަށް އެހީވެދީފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ބިއުޓިފުލް އައިސް އެސޯސިއޭޝަން އަކީ ޑައުން ސިންޑްރޯމް ހުންނަށް ކުދިންނަށް ބޭނުންވާ ޕްރޮގްރާމްތަކާއި އެމީހުންގެ އާއިލާތަށް ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރަމުންދާ އެސޯސީއެޝަން އެކެވެ.

ދިރާގުން އެއެސޯސިއޭޝަނަށް އެހީވެދީފައިވަނީ ކުންފުނީގެ ސީއެސްއާރް ޕްރްގްރާމްގެ ދަށުން ކަމަށް ދިރާގުން ބުންޏެވެ. ދިރާގަކީ އިޖްތިމާއި އެކިކަންކުމުގައި އެހީ ފޯރުކޮށް ދެމުންދާ ކުންފުންޏެކެވެ. ދިރާގުގެ އެހީއާކު ކުރިއަށް ގެންދިޔަ އެހަރަކާތާ ބެހޭގޮތުން ބިއުޓިފުލް އައިސް އެސޯސިއޭޝަނުން ބުނީ، ޑައުން ސިންޑްރޯމް ހުންނަށް ކުދިންނަށް ސްޕީޗް ތެރަޕީ ދީފައިވަނީ ރާއްޖެއިން ބޭރުން ގެނައި ސްޕެޝަލިސްޓުން ކަމަށެވެ.