ނިއުރޭޑިއަންޓް

ނިއުގެ ސަސްޕެންޝަން އުވާލަން ކުލަބުތަކުން ވޯޓެއް ނުދިން!

ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމަށް ކޮންގްރެސްއަށް ހުށަހެޅުމުން، ސަސްޕެންޝަން އުވާނުލުމަށް ކުލަބުތަކުން ވޯޓް ދީފި އެވެ.

ހޮޓެލް ޖެންގައި މިހާރު ކުރިއަށްދާ ކޮންގްރެސްގައި ނިއުގެ ސަސްޕެންޝަން އުވާލުމަށް ފެނޭތޯ ހުށަހެޅުމުން 14 ކުލަބުގެ ތެރެއިން، ސަސްޕެންޝަން އުވާލުމަށް ވޯޓް ދިނީ، ދެ ކުލަބަކުންނެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

ނިއު ރޭޑިއަންޓުން، އެ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލާގައި އެފްއޭއެމްގެ އެކްސްކޯއިން އެ ޓީމް ސަސްޕެންޑް ކުރީ ޖަނަވަރީ ތިން ވަނަ ދުވަހު އެވެ.

މި ނިންމުން މިގޮތަށް އައިސްފައިމިވަނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ކުލަބްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައިވަނިކޮށެވެ.

ބައެއް ކުލަބްތަކުން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ސޮއި ކުރަމުން ދަނީ ފާއިތުވި ދެ އަހަރު އެފްއޭއެމްގެ ސިޔާސީ ހަރަކާތް ހިންގާ ދިވެހި ފުޓްބޯޅައަށް ގެއްލުންވާ އެތައް ކަމެއްކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކަން ކޮށްފައިވާތީ ކަމަށް ބުނެ އެވެ.