ލައިފްސްޓައިލް

ހާދަ ހޫނު ގަދައޭ! ރައްކާތެރިވާން ކުރާނީ ކީއް؟

މި ދުވަސްވަރަކީ އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަސްވަރެކެވެ. ހޫނުގެ ސަބަބުން ސިއްހީ މައްސަލަތަކެއް ދިމާވެދާނެތީ އެޅިދާނެ ބައެއް ފިޔަވަޅު ހުރެ އެވެ. ހޫނުގަދަ ދުވަސްވަރު ހޫނުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުމުގެ ތެރޭގައި ހަށިގަނޑުން ފެން މަދުވުން ނުވަތަ މީހާ ޑީހައިޑްރޭޓްކޮށްލަ އެވެ. ޑީހައިޑްރޭޝަން ގެ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސާ، ބޯ އަނބުރާ އަތްފައި ފިނުވުމާއި އަކުވަނިވަޔަށް ދެމުން ފަދަ އަލާމާތްތައް ހިމެނެ އެވެ. މީގެ އިތުރުން ގަދަ އަވީގެ ސަބަބުން ލޮލަށް ވެސް ގެއްލުންތަކެއް ލިބެއެވެ. ބޭރަށްދާ އިރު އަވިއައިނު އަޅައިގެން ދިއުމަށް ވެސް ސަމާލުވާންވީ މި ސަބަބާއި ހެދިއެވެ.

1
 

ބޭރަށް ނިކުންނައިރު ކަންކުރަންވީ ގޮތް

އެންމެ ހޫނުގަދަވާ ގަޑި، ހެދުނު 10 އިން މެންދުރު ފަހުގެ ތިނަކާ ދެމެދު ބޭރަށް ކޮންމެހެން ދާން ޖެހިއްޖެ ހާލަތެއް މެނުވީ ބޭރަށް ނުނުކުމެވޭތޯ ބަލާށެވެ. ކޮންމެހެން ބޭރަށް ދާން ޖެހޭ ނަމަ އެންމެ ގައިގައި އެސްޕީއެފް 15 އަށް ވުރެ މަތީ ސަންސްކީރެނެއް އުނގުޅައިގެން ނޫނީ ބޭރަށް ނުކުންނާށެވެ. އެއިން އިރުގެ ދޯދިތަކަކުން ގައިގަ ހަންގަނޑަށް ކުރާ ނޭދެވޭ އަސަރުން ރައްކާތެރި ކޮށްދޭނެ އެވެ.

މީގެ އިތުރުންވެސް ވީހާވެސް ފުޅާ ބޮޑު ތޮތްޕެއް ނުވަތަ ކުޑައެއް ބޭނުން ކޮށްގެން އަވިން ރައްކާތެރިވާށެވެ. މަޑު ކުލަ ކުލައިގެ ކޮޓަން ފޮތިން ހުންނަ ހެދުންލާން ހިޔާރު ކުރާށެވެ. މިއީ ހޫނުން ރައްކާތެރިވުމަށް ބޭރަށް ދާއިރު ކުރެވިދާނެ ބައެއް ކަންކަމެވެ.

2
 

ހަށިގަނޑުން ފެން މަދުވިޔަ ނުދޭން ކުރާނެ ކަންކަން

ވީހާވެސް ގިނައިން ފެން ބޯށެވެ. ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް އިރު އިރު ކޮޅާ ފެން ބުއިމަށް ހަނދާން ކޮށްދިނުމަކީ ވެސް ކުރެވިދާނެ ކަމަކެވެ. ފެން ބުއިމުގައި ވެސް އިންފިއުސް ކޮށްފައިވާ ފެން ބޭނުން ކުރެވިދާނެ އެވެ. މިގޮތުން ހޫނު ދުވަހަކަށް ފެނުގެ ތެރެއަށް ކިއުކަމްބާ، ލުނބޯ އަދި މާމުއި އަޅައިގެން މީހާ ހައިޑްރޭޓް ކުރުމަށް ބޭނުން ކުރެވިދާނެ އެވެ. ލުނބޯ އާއި މިންޓް ލީފްކޮޅެއް ވެސް ފެނުގެ ތެރެއަށް އިންފިއުސްކޮށްގެން ބޭނުން ކުރެވިދާނެ އެވެ.

އައިސް ކޮށްފައިވާ ހުންނަ ކަރާ ނުވަތަ ކިއުކަމްބާ ފަދަ އެއްޗިސް ބޭނުން ކޮށްގެން މީހާގެ ހަށިގަނޑު ކޫލް ޑައުން ކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ކުޑަކުދިންނަށް ވެސް މި ފަދަ ކާނާ ދެވިދާނެ އެވެ. ތަރުކާރީއަށް ބަލާއިރު ސެލެރީ އަކީ 95 ޕަސެންޓް އޭގައި ފެން އެކުލެވޭ އެއްޗެއްކެވެ.

ލެޓިއުސް ކަހަލަ ފަތްތަކަކީ އޭގައި ފެން ގިނަ އެއްޗެހި ކަމުން މި ފަދަ އެއްޗިހި މި ދުވަސްވަރު ކެއުން އިތުރު ކުރެވިދާނެ އެވެ. ކުރުނބާ އާއި ލުނބޯއަކީ ވެސް މީހާ ހައިޑްރޭޓް ކުރުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.

3
 

އެކަކު އަނެކަކުގެ ހާލުބަލައި އެހީތެރިވުން

ހޫނު ގަދަ ދުވަސްވަރު ބޭރުގައި ގިނައިރު މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެވެސް ފިނި ބުއިމެއް ދިނުމަކީ ވެސް ކުރެވިދާނެ ކަމަކެވެ. އަދި މި ފަދަ މަސައްކަތް ކުރާ މީހުންނަށް މަސައްކަތުގެ މާހައުލުގައި ބޯފެން ލިބޭ ގޮތަށް ބެހެއްޓުމަކީ ވެސް ވަރަށް މުހިއްމުކަމެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ވެސް ވަނީ މި ދުވަސްވަރު ހޫނުގަދަ ކަމުން ދިމާވެދާނެ ސިއްހީ މައްސަލައަކާއި މެދު ރައްކާތެރި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.