ހަބަރު

ސިޔާސީ މަގާމުތަކަކަށް ތިން ބޭފުޅަކު އައްޔަންކޮށްފި

Mar 25, 2019
14

ސިޔާސީ މަގާމަށް ތިން ބޭފުޅަކު މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފި އެވެ.

އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރުގެ މަގާމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގައި ހަރަކާތްތެރިވާ އިބްރާހިމް ފަރުހާދު ވަނީ އައްޔަންކުރައްވާފަ އެވެ.

އެންސީއޭގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ފިލްމީ ތަރި، އަހުމަދު އަޒްމީލް ވަނީ އައްޔަން ކުރައްވާފަ އެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީގައި ހަރަކާތްތެރިވާ ބޭފުޅެކެވެ.

ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހަމަދު މައިމޫން ވެސް މިއަދު ވަނީ އައްޔަންކުރައްވާފަ އެވެ.