ވިޔަފާރި

މޯލްޑިވް ގޭހުގެ ލުއި ފުޅިއަށް ބަދަލުކޮށްލަން ރަނުގެ ފުުރުސަތެއް

Mar 26, 2019
2

މޯލްޑިވް ގޭހުގެ އާއްމުކޮށް ވިއްކާ ދަގަނޑު ފުޅި އުފުލަން ފަސޭހަ "ލުއިފުޅި" އަކަށް ބަދަލު ކޮށްލަން ރަނުގެ ފުރުސަތެއް ހުޅުވާލައިފި އެވެ.

މޯލްޑިވްސް ގޭހުން ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ "ލުއި ފަސޭހަ ޕްރޮމޯޝަން" ގެ މުއްދަތުގައި ލުއިފުޅިއެއް ވިއްކާނީ 1000ރ. އަށެވެ. ނަމަވެސް އާއްމުކޮށް މީގެ ފުޅިއެއް ވިއްކަނީ 1774ރ. އަށެވެ. މި ޕްރޮމޯޝަން ފެށުމާއެކު މި ފުޅީގެ އަގު މިވަނީ 774ރ. ހެޔޮވެފަ އެވެ.

މޯލްޑިވް ގޭހުން ބޭނުން ކުރާ ލުއި ފުޅިއަކީ ރައްކާތެރިކަމުގެ ޔަގީންކަން ބޮޑު ފުޅި އެކެވެ. ރާއްޖެ އަށް އެންމެ ފުރަތަމަ ލުއި ފުޅީ ތައާރަފު ކުރި މި ކުންފުނިން ގޭސް ފޯރުކޮށްދޭ މި ފުޅިއަކީ މިހާރު އާއްމުންގެ ތަރުހީބު ބޮޑު އެއްޗަކަށް ވަނީ ވެފަ އެވެ.

ރާއްޖޭގައި ގޭހުގެ ހިދުމަތް ދެމުން އަންނަތާ 17 އަހަރަށްވުރެ ގިނަ ދުވަސްވީ ކުންފުނިން ދަނީ ގޭހުގެ އެކި ވައްތަރުތައް ވިއްކަމުންނެވެ. މިގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ގޭސް ފޯރުކޮށްދޭއިރު، ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކަށް މެޑިކަލް ގޭސް ވެސް ފޯރުކޮށްދެނީ މި ކުންފުނިންނެވެ.