ދުނިޔެ

ހަަމައެކަނި އަންހެނުން ބައިވެރިވާ ސްޕޭސްވޯކް ނާސާއިން ކެންސަލް ކޮށްފި

އެން މެކްލެއިން (ވ) އަދި ކްރިސްޓީނާ ކޮޗް
0%
0%
0%

ނާސާ އަށް މަޖުބޫރުވެގެން ދުނިޔޭގެ ތާާރީހުގައި ބޭއްވުމަށް ހަމަޖެއްސި ހަމަ އެކަނި އަންހެނުން ހިމެނޭ ފުރަތަމަ ސްޕޭސްވޯކް ދެ އަންހެން އެސްޓްރޮނޯޓުންނަށް ހެޔޮވަރު ސްޕޭސްސޫޓް ނެތުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ.

މާޗް 29 ގައި އިންޓަނޭޗަނަލް ސްޕޭސް ސްޓޭޝަން އިން ތާވަލު ކޮށްފައިވާ ސްޕޭސްވޯކްގައި ކްރިސްޓީނާ ކޮޗް އަދި އެން މެކްލެއިން އެކުގައި ހިނގާލުމަށް ތާވަލުކުރެވިފައި ވީނަމަވެސް، ހެޔޮވަރު ސްޕޭސް ސޫޓެއް ނެތުމުގެ ސަބަބުން ދެން ކޮޗް އާއެކު ބައިވެރިވާނީ ފިރިހެން އެސްޓްރޮނޯޓް ނިކް ހޭގް އެވެ.

"މިސް މެކްލެއިން އެންމެ ފުރަތަމަ ކުރި ސްޕޭސްވޯކް ގައި އެނގިފައި ވާނެ ސްޕޭސް ހެދުމުގެ ހަރުކޮށް އިންނަ އުނަގަނޑުން މަތީބައި - އެހެން ގޮތަކަށް ބުނާނަމަ އޭގެ ގަމީސް ބައި - އޭނައަށް ހެޔޮވަރުވާނީ މެދު ސައިޒުގެ ކަން. އަދި މާޗް 29 އަންނަންވާ އިރަށް ތައްޔާރު ކުރެވޭނީ މެދު ސައިޒުގެ އެންމެ އެއްޗަކަށްވާތީ އޭތި ބޭނުންކުރާނީ މިސް ކޮޗް"، މި ދަތުރުގެ ބޭނުމަކީ ނާސާ އައިއެސްއެސް ސްޓޭޝަންގެ ދެ ސޯލާ އެރޭ ތެރެއިން އެކަތީގައި ލިތިއަމް-އިއޮން ބެޓެރި ހަރުކުރުންކަން ހާމަކޮށް ނާސާއިން ނެރެފައިވާ ބަޔާނުގާ ވެއެވެ.

ނާސާ އިން ބުނާ ގޮތުގައި އެސްޓްރޮނޯޓް ހޭގް އާއެކު މާޗް 22 ގައި ކޮށްފައިވާ ސްޕޭސް ދަތުރަށް ފަހު މިސް މެކްލެއިން ވެފައިވަނީ ސްޕޭސްވޯކްގައި ބައިވެރިވި 13 ވަނަ އަންހެން މީހާއަށް ވެފައެވެ.

މާޗް 29 ދަތުރާއެކު މި ޝަރަފު ލިބޭ 14 ވަނަ އަންހެނަކަށް މިސް ކޮޗް ވެގެންދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910