އޭސީސީ

އަނދުން ހުސެއިން ރިޝްވަތުގެ އަމަލެއް ނުހިންގާ: އޭސީސީ

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓް ހުސެއިން ޝަހީމް (އަނދުން ހުސެއިން) އޭނާ ކެމްޕޭނަށް ކުރާ ހަރުދުގެ ތެރެއިން، ރިޝަވަތު އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އިންތިހާބުގެ ކެންޕާނުގެ ތެރެއިން އަނދުން ހުސެއިންގެ ރިޝްވަތުގެ އަމަލެއް ހިންގަން އުޅުނު ކަމުގެ މައްސަލަ އެއް އޭސީސީން ބަލަން ފަށައިފައިވަނީ އަމިއްލަ ފަރާތަކުން ތުހުމަތުކޮށް އޭސީސީއަށް ހުށަހެޅި މައްސަލަ އަކާ ގުޅިގެންނެވެ.

އެ މައްސަލަ އަކީ އަނދުން ހުސެއިން އޭނާ ކެމްޕޭނަށް ކުރައްވާ ހަރަދުތަކުގެ ތެރޭގައި ފަސް ކުއްޖަކަށް އިންޑިއާގެ ބެންގަލޫރުގައި ކިޔެވުމުގެ ފުރުސަތު ހޯދައި ދިން ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލަ އެކެވެ.

އޭސީސީން އެ މައްސަލަ ބެލުމަށްފަހު އިއްުޔެ ބުނެފައިވަނީ އަނދުން ހުސެއިން އިންޑިއާގެ ބެންގަލޫރުގެ ގާޑެން ސިޓީ ޔުނިވާސިޓީގެ ޗާންސެލާއާ ބައްދަލުކޮށް އެ ފަސް ކުދިންނަށް ސްކޯލާޝިޕް ހޯދައިދީފައިވަނީ އޭނާ މަޖިލިސް އިންތިހާބުގައި ވާދަ ކުރަން ނިންމުގެ ކުރިން ކަމަށެވެ.

އެހެންކަމުން އަނދުން ހުސެއިން އަކީ ގާނޫނީ ގޮތުން ބަލާއިރު އޭރު މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަށް ނުވުމުން އިންތިހާބާބެހޭ ގާނޫނުގެ ދަށުން އޭނާ ރިޝްވަތުގެ އަމަލެއް ހިންގިކަން އޭސީސީގެ ތަހުގީގަށް ނުބެލެވޭ ކަމަށެވެ.

އޭސީސީގެ ތަހުގީގުން އޭނާގެ ކޮރަޕްޝަންގެ އަމަލެއް ހިންގަން އުޅުނު ކަމަށް ނުބެލެޥޭ ކަމަށް ބުނެ މައްސަލަ ނިންމުމުން، އަނދުން ހުސެއިން ބުނީ އޭނާ އަބަދުވެސް އެހެން މީހުނަށް އެޙީތެރިކަން ފޯރުކޮށްދެވުމުން އުފާވާ ކަމަށެވެ.