ހަބަރު

މަޖިލިސް އިންތިހާބާގުޅޭ ރިޝްވަތުގެ 16 މައްސަލައެއް ނިންމައިފި

މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި ރިޝްވަތު ތުހުމަތުގެ މައްސަލަތަކުގެ ތެރެއިން 16 މައްސަލައެއް ތަހުގީގުކޮށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ރިޝްވަތުގެ 22 މައްސަލައެއްގެ ތަހުގީގު އޭސީސީން ކުރެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޭސީސީން އިސްނަގައިގެން ބަލާ 10 މައްސަލައކާއި އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާ ގުޅިގެން ބަލަން ފެށި 12 މައްސަލައެކެވެ.

އޭގެ ތެރެއިން 16 މައްސަލައެއްގެ ތަހުގީގު މަރުހަލާ ނިމިފައިވާއިރު، ދައުވާކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރިކަމަށް ބެލެވޭ މައްސަލަތަކުގައި ދައުވާ ކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއެކު ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ޑިއުޓީ ޕްރޮސިކިއުޝަން މި ވަގުތު ކުރިއަށްދަނީ ތަހުގީގީ މަރުހަލާ ނިމިފައިވާ 16 މައްސަލައިގެ ތެރެއިން ހަތަރު މައްސަލައެއްގަ އެވެ.