ހަބަރު

އަދީބު ގޭބަންދަށް ބަދަލުކޮށްފި

Mar 27, 2019
7

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރު ގޭބަންދަށް ބަދަލުކޮށްފި އެވެ.

އަދީބު ގޭންބަންދަށް ބަދަލުކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އެ މަނިކުފާނު ވަނީ އިއްޔެ ވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދީފަ އެވެ. ނަމަވެސް، ގޭބަންދަށް ބަދަލުކޮށްފައިވަނީ ކިހާ މުއްދަތަކަށްކަމެއް ނުވަތަ ޑޮކްޓަރުން ލަފާދީގެން ކަމެއްވެސް އަދި ސާފުވާގޮތެއް ނުވެ އެވެ.

ޓެރަރިޒަމާއި ހިޔާނާތުގެ ތަފާތު އެކި ދައުވާތައް ސާބިތުވެ، ކްރިމިނަލް ކޯޓުން 33 އަހަރުގެ ހުކުމެއް އިއްވާފައިވާ އަދީބު މިިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ވެސް ގޭ ބަންދަށް ބަދަލުކުރި އެވެ. މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ގޭ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ އަނބުރާ ޖަލަށް ގެންދިޔައީ މިދިޔަ ޖެނުއަރީ ދެ ވަނަ ދުވަހު އެވެ.

ޖަލަށް ބަދަލުކުރި ފަހުން ވެސް ހާލު ގޯސްވެގެން އައިޖީއެމްއެޗްގައި އެޑްމިޓް ކުރަން ޖެހުނެވެ. އޭގެ ފަހުން ހައިކޯޓުން ވަނީ އަދީބު ގޭބަންދަށް ބަދަލުކުރުމަށް އަމުރެއް ނެރެފަ އެވެ. އެ އަމުރު ނެރުނީ އަދީބުގެ ބޭސްފަރުވާއަށް އިހްމާލުވާ ކަމަށް ބުނެ އޭނާ ހުށަހެޅި މައްސަލާގަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ އަމުރަށް އަމަލުކުރުން ހުއްޓުވާފަ އެވެ.