ހަބަރު

މަޖިލިސް އިންތިހާބު އޮބްޒާވް ކުރަން ބޭރުގެ 36 ފަރާތެއް

Mar 27, 2019

ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރަން ބޭރުގެ 36 ފަރާތަކަށް ފުރުސަތު ދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ބޭރުގެ ގައުމުތަކުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 36 ފަރާތަކަށް އެ ފުރުސަތު ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހަތަރު ގައުމަކުންނާއި ނުވަ ޖަމިއްޔާއެއް ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އިންޓަނޭޝަލް މީޑިއާގެ ހަތަރު ފަރާތެއް ވެސް މި އިންތިހާބު މޮނިޓާ ކުރާނެ އެވެ.

"އަޅުގަނޑުމެން މި އަންނަނީ މި އިންތިހާބަކީ ވީހާ ވެސް ދެފުށް ފެންނަ އަދި ވީހާވެސް ގިނަ ބަޔަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރަމުން،" އަކްރަމް ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބު އޮތީ އަންނަ މަހު ހަތަރެއްގަ އެވެ. މިފަހަރު މަޖިލިސް އިންތިހާބުގައި 87 އަށް ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަދި 264،589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެ އެވެ.