ޓެކްނޯލޮޖީ

ވަރުގަދަ ކެމެރާއަކާއެކު ވާވޭ ޕީ30 ޕްރޯ ދައްކާލައިިފި

Mar 27, 2019
ވާވޭ ޕީ30 ޕްރޯގެ ޕްރޮމޯ ވީޑިއޯ

ވަރުގަދަ ކެމެރާއެއް ހިމެނޭ، ވާވޭ "ޕީ30" ފޯނު ޕެރިހުގައި ރޭ ދައްކާލައި ގިނަ ބަޔަކު ހައިރާން ކޮށްލައިފި އެވެ.

ދުނިޔޭގައި މިހާތަނަށް ފޯނެއްގައި ހިމަނައިގެން އުފެއްދި އެންމެ ވަރުގަދަ ކެމެރާ ހަރުކޮށްފައިވާ ވާވޭ "ޕީ30" ފޯނު ހާއްސަ ކަމަކީ މިފޯނުން ނަގާ ފޮޓޯ 50 ގުނަ އަށް ޒޫމް ކޮށްލި ނަމަވެސް ފޮޓޯ ފަޅައިގެން ނުދިއުމާއި ވީޑިއޯ ރޫޅިގެން ނުދިއުމެވެ.

މި ފޯނަކީ ސެލްފީ ނަގަން ހާއްސަ ފޯނެއްގެ ގޮތުގައި ވަނީ މަގުބޫލުވެފަ އެވެ. ސަބަބަކީ ފޯނުގެ ކެމެރާތަކުގެ ބާރު ގަދަވުމެވެ. މި ފޯނުގެ ސެލްފީ ކެމެރާގައި 32 މެގަ ޕިކްސްއެލް ހުރެ އެވެ. ސެލްފީ ކެމެރާ އިން ވެސް އިން އެންމެ ފުރިހަމަކޮށް އެޗްޑީ ކޮލިޓީގައި އަނދިރީގައި ފޮޓޯ ނަގާލެވެ އެވެ.

ވާވޭ ޕީ 30 ޕްރޯގެ ހާއްސަ އެހެން ސިފަތަކުގެ ތެރޭގައި އަށް ޖީބީގެ ރެމް ފޯނުގައި ހިމެނުން ހިމެނެ އެވެ. އަދި 127 ޖީބީއާއެކު 512 ޖީބީގެ ސްޓޯރޭޖް ކެޕޭސިޓީ މި ފޯނުގައި ހުރެ އެވެ. އަދި މި ފޯނަކީ ރޭގަނޑުގެ ފޮޓޯ ނަގަން ހާއްސަ ފޯނެވެ. އެއީ މި ފޯނުގެ އަލްޓްރާ ވައިޑް އޭންގަލް 20 މެގަޕިކްސެލްގެ ސަބަބުންނެވެ.

ޗައިނާގެ ވާވޭ ކުންފުނީގެ މި ފޯނަކީ މިހާރު ބާޒާރުގައި ގެންގުޅޭ އެންޑްރޮއިޑް ފޯނުތަކާ އެއް ސައިޒެއްގެ ފޯނެވެ. މި ފޯނު ވެސް އަތަށް ހެޔޮވަރު ވާނެ އެވެ. ފޯނުގެ ޑިސްޕްލޭ ގެ ސައިޒަކީ 6.47 އިންޗި އެވެ. ދެން އޮތީ މި ފޯނުގެ ހާއްސަ އަނެއް ސިފަ އެވެ. އެއީ ބެޓެރި އެވެ. މީގެ ބެޓެރީގައި 4200 އެމްއޭއެޗް ހުރެ އެވެ. މިއީ މިހާތަނަށް އުފެއްދި އެންމެ އަވަހަށް ވަޔަލެސްކޮށް ޗާޖު ކޮށްލެވޭ ފޯނަށް ވާނެ ކަމަށް ރިވިއުތަކުގައިވެ އެވެ. މި ފޯނު 30 މިނެޓު ތެރޭ ވާވޭގެ ސުޕަޗާޖު ވަޔާ ޗާޖި އިން ޗާޖު ކޮށްލެވެ އެވެ.

ދުނިޔޭގެ ބާޒާރުގައި މި ފޯނުގެ 128 ޖީބީގެ ފޯނެއް ވިއްކަނީ 1،128 ޑޮލަރު (ގާތްގަނޑަކަށް 17،393ރ.) އަށެވެ. އަދި 256 ޖީބީ ގެ ފޯނެއްގެ އަގަކީ 1240 ޑޮލަރު (ގާތްގަނޑަކަށް 19،120ރ) އެވެ.

ދުނިޔޭގެ ބާޒާރަށް މި ފޯނު ނެރުނުއިރު ރާއްޖެ އަށް މި ފޯނު އަންނާނީ އަންނ މަހުގެ ކުރީކޮޅެވެ. ވާވޭގެ މި ފޯނު ރާއްޖޭގައި ވިއްކާނީ ނޭޝަނަލް ޑިސްރިބިއުޓަރު މެކްސްކޮމް އިންނެވެ. އެ ކުންފުނިން ދަނީ ވާވޭގެ ގިނަ އުފެއްދުން ތަކެއް ވިއްކަމުންނެވެ.