ވިކްޓަރީ

ވިކްޓަރީގެ ދެ ޓީމަށް ކުޅުމުގެ ފުރުސަތު ހުޅުވާލައިފި

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ސީނިއާ ޓީމާއި، 17 އަހަރުން ދަށުގެ ޓީމާ ގުޅުމުގެ ފުރުސަތު އެ ކުލަބުން ހުޅުވާލައިފި އެވެ.

އެ ކުލަބުގެ ސީނިއާ ޓީމަށާއި 17 އަހަރުން ދަށުގެ ޓީމަށް ކުޅެން ބޭނުންވާ ފަރާތްތަކަށް ބާއްވާ ޓްރެއަލްއެއް މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުލަބުން ބުނެވެ.

ވިކްޓަރީގެ ޒުވާން ޓީމުގެ ކޯޗް، ފަރީދު މުހައްމަދު ބުނީ، ކުރިއަށް އޮތް ހަތަރު ދުވަހު ޓްރެއަލްއާ ގުޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. ޓްރެއަލް ފަށާނީ، މާދާމާ ރޭ 8:45 ގައި ކުޅިވަރު އެކުވެނީގެ އެފްއޭއެމް ޓާފް ދަނޑު އެކެއްގަ އެވެ.

"މާދަމާ ރޭ ނާދެވޭ ކުއްޖަކަށްވެސް ހުކުރު ދުވަހުގެ ރޭ އާދެވިދާނެ، މި މުއްދަތުގެ ތެރޭ ގައި [ބުރާސްފަތިން ފެށިގެން ހޯމަ ދުވަހަށް] ޓްރެއަލްއާ ގުޅެން ފުރުސަތު ހުޅުވާލެވިފަ މިވަނީ،" ކުރިން ވިކްޓަރީއަށް ކުޅުނު މިޑްފީލްޑަރު ބުންޏެވެ. "ޓްރެއަލްއަށް ފަހު ޓީމަށް ނަގާނެ ކުޅުންތެރިން ފައިނަލު ކުރާނީ."

އޭނާ ބުނީ، ރަށްރަށުން އަންނަން ބޭނުންވާ ކުއްޖަކަށްވެސް އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އުމުރުފުރާގެ ޓީމެއްގެ ގޮތުގައި 17 އަހަރުން ދަށުގެ ޓީމެއް އެކުލަވާމުމުގެ މަސައްކަތްވެސް ވިކްޓަރީން ވަނީ ފަށާފަ އެވެ.

ޓްރެއަލްއާ ގުޅުމަށާއި އަދި އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ، ފަރީދު 7777382 ނުވަތަ ޒުވާން ޓީމުގެ އެސިސްޓެންޓް ކޯޗް، އަލީ ޝަރީފް 7901231 ށެވެ.

ޔޫތު ޗެމްޕިއަންޝިޕުގައި ވިކްޓަރީގެ ޓީމަށް ކުޅުނު، ބައެއް ކުޅުންތެރިންނަށް ސީނިއާ ޓީމުން ޖާގަ ދިނުމަށް، ވިކްޓަރީން ވަނީ އެ ކުޅުންތެރިންނާއެކު އެއްބަސްވުން ހަދާފަ އެވެ. އެގޮތުން ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކީޕަރުގެ އެވޯޑް ހޯދީ. އެ ޓީމުގެ މާހީ އަބްދުﷲ އާއި އުމުރުން އެންމެ 15 އަހަރުގެ އަހްމަދު ޒައުލްއަށްވެސް ވަނީ ވިކްޓަރީގެ ސީނއާ ޓީމުން ފުރުސަތު ދީފަ އެވެ.