ހަބަރު

ރައީސް މައުމޫން ދޮރުން ދޮރަށް ނުކުންނަވައިފި

Mar 28, 2019
3
ރައީސް މައުމޫން މިރޭ ދޮރުން ދޮރަށް ހިންގަވަނީ --
0%
0%
0%

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދޮރުން ދޮރަށް ނުކުންނަވައިފި އެވެ. އެމަނިކުފާނު މިރޭ ވަނީ ގަލޮޅު ދެކުނު ދާއިރާގައި ދޮރުން ދޮރަށް ހިންގަވާފަ އެވެ. އެ ދާއިރާއަށް އެމަނިކުފާނުގެ ތާއިދާއެކު ނުކުންނަވަނީ އައިމިނަތު ނާދިރާ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރައީސް މައުމޫންގެ ތާއީދާއެކު ކެންޑިޑޭޓުންތަކެއް ނުކުންނަވަ އެވެ. އެ ކެންޑިޑޭޓުން ވާދަ ކުރައްވަނީ އަމިއްލަ ގޮތުންނެވެ.

އިންތިހާބުގެ ފޯރިގަދަވެފައިވާއިރު ސިޔާސީ ހުރިހާ ލީޑަރުން ވެސް ގެންދަވަނީ ވަރަށް ގަދައަށް ކެމްޕެއިން ކުރައްވަމުންނެެވެ. އެގޮތުން މިރޭ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީ ފޭދޫގައި ވަނީ ކެމްޕެއިން ކުރައްވާފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގދ. ތިނަދޫއަށް ވަޑައިގެން އެ ރަށުގައި މިރޭ ކެމްޕެއިން ކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ކޯލިޝަންގެ ޕާޓީތައް ވަކިން ވާދަ ކުރާއިރު ކޯލިޝަންގެ މެދުގައި އެކަމާ ގުޅިގެން ނުތަނަވަސްކަން ވެސް ވަނީ ބޮޑުވެފަ އެވެ. އެހެންނަމަވެސް ރައީސް މައުމޫން ވަނީ ރައީސް ސޯލިހަށް ފުރިހަމަ ތާއީދު އޮންނާނެކަން ދާދިފަހުން ވެސް ހާމަ ކުރައްވާފަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910