ހަބަރު

ޔާމީން ދޫކޮށްލަން ކުރި ހުކުމާއި، ގާސިމަށް ނަޝީދުގެ ފާޑުކިއުން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަންދުން ދޫކޮށްލުމަށް ކުރި ހުކުމާއި، ސުޕުރީމް ކޯޓުން ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންނަކަށް ދައުލަތުން ބަދަލު ދޭން ސުޕުރީމް ކޯޓުން ކުރި މިއަދު ކުރި ހުކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ގދ. ވާދޫގައި ބޭއްވި ގައްދޫ ދާއިރާއަށް އެމްޑީޕީން ކުރިމަތިލައްވާފައިވާ އަހުމަދު ޒާހިރުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ19 އިން ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކޮށްދޭނެ ކަމަށެވެ. ހިނގަމުން އަންނަ ޝަރީއަތްތަކުގެ މެދުން ފަޑިޔާރުން ބަދަލުކޮށް، އެހެން ބަޔަކު އައިސް ހުކުމް އިއްވާ މުޅި ދުނިޔޭގައި އެއްވެސް ބަޔަކު ނުދަންނަ ގޮތަކަށް ޝަރީއަތް ހިންގާ ކަމަށް އަލްހާން ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ19އިން ޝަރުއީ ނިޒާމަށް ގެންނަ އިސްލާހުތަކަށްފަހު އެގޮތަށް ޝަރުއީ ނިޒާމް ނުހިގާނެ ކަމަށެވެ. އަދި ހައިކޯޓުގައި ވަރަށް ކުޅަދާނަ އިންސާފުވެރިކަމާއެކު ޝަރީއަތް ކުރަމުން އައި ވާދޫއަށް ނިސްބަތްވާ ފަނޑިޔާރަކު އިންނެވި ކަމަށާއި، އެހެން ނަމަވެސް މިއަދު އެބޭފުޅާވެސް ގެއްލި ހިނގައްޖެ ކަމަށެވެ.

މިއަދު ރައީސް ޔާމީން ދޫކުރުމަށް ހައިކޯޓުން އަމުރު ކުރުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، އެ އަމުރު ނެރެފައިވަނީ ކުރިން ޝަރީއަތް ކުރި ފަނޑިޔާރުން އެތަނުން ދުރު ކުރުމަށް ފަހު އެހެން ފަނޑިޔާރުންތަކެއް އައިސް ކުރިން މައްސަލަ ބެލި ހިސާބުގައި ބޭއްވުމަށް ފަހު ކަމަށެެވެ.

"މިއަދު ދިވެހި ރާއްޖޭގެ ސުޕުރީމް ކޯޓުގައި ހިނގާ މައްސަލަ އަކީ، އެންމެ ފަރުދަކަށް، 112 މިލިއަން ޑޮލަރު، ދިވެހި ދައުލަތުން ދޭން ޖެހޭ އެބަ، އެއީ ކީއްވެތޯ. އަޅުގަނޑުމެން ދަންނަ ފޮތުގައި ދައުލަތަށް ރައްޔިތުން ލާރި ދޭން ޖެހޭނީ. ދައުލަތުން ދޭން ޖެހޭނީ ރައްޔިތުންނަށް ހިދުމަތް. އަޅުގަނޑު ނުދެނަހުރިން ކޮންފޮތެއްގައިތޯ އޮތީ 112 މިލިއަން ޑޮލަރު އެއީ މިރަށުގެ ހުރިހާ ނަރުދަމައެއް، ހުރިހާ މަގެއް، ހުރިހާ މަދަރުސާއެއް، ހޮސްޕިޓަލެއް، ހެލްތު ސެންޓަރެއް ހަދާނެހާ ލާރި،" މިއަދު ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް 112 މިލިއަން ޑޮލަރު ދައުލަތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަށް ސްޕްރީމް ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެގޮތަށް ވިދާޅުވި ނަމަވެސް ސްޕްރީމް ކޯޓުން ދައުލަތުގެ މައްޗަށް އަމުރު ކޮށްފައިވަނީ 13 މިލިއަން ޑޮލަރު ދައުވާ ކުރި ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދެއްކުމަށެވެ.

ނަޝީދު ގާސިމަށް އިޝާރަތް ކުރައްވާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ އަކީ 70 މިލިއަން ޑޮލަރު ކަމަށާއި، މިހާރު ބޭނުންވެ ވަޑައިގެން އެ އުޅުއްވަނީ 112 މިލިއަން ޑޮލަރު ކަމަށެވެ. އަދި އަނެއްކާވެސް ޝަރީއަތުން އެކިގޮތްގޮތުން ގުޑުވާލައިގެން އެކަން ކުރަށްވަންވީ ކަމަށެވެ.