ވިޔަފާރި

އިނގިރޭސީން ދާން ބޭނުންވާ ދެވަނަ ގައުމަކީ ރާއްޖެ

Mar 31, 2019

އިނގިރޭސިން ދެވަނައަށް ދާން އެންމެ ބޭނުންވާ ގައުމަކީ ރާއްޖެ ކަމަށް އެ ގައުމުގައި ކުރި ސާވޭއެއްގައި ބުނެފި އެވެ.

ޗުއްޓީ ހޭދަކުރަން ބޭނުންވާ މަންޒިލްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ، ބުކިން ސައިޓެއް ކަމަށްވާ ހޯމްޓުގޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިނގިރޭސިވިން އެންމެ ބޮޑަށް ދާން ބޭނުންވަނީ ޕެސިފިކް ކަނޑުގެ ދެކުނުން އޮންނަ ބޯރަ ބޯރާ އެވެ.

އެ ސައިޓުން ބުނެފައިވާ ގޮތުގައި މަތީ ފަންތީގެ ހިދުމަތްދޭ މަންޒިލެއްގެ ގޮތުގައި ރާއްޖެ މަޝްހޫރުވެފައިވީ ނަމަވެސް ރާއްޖޭގައި ވެސް އަގުހެޔޮ ޗުއްޓީ ހަމަޖައްސައިދޭ ކަމަށެވެ. އަދި ރާއްޖެ އަންނަ އިނގިރޭސިން ފީނުމާއި ޑައިވިން އަދި ބީޗުގައި ވަގުތު ހޭދަ ކުރުމަށް ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މާކެޓެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އިނގިރޭސިވިލާތުން 114،988 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.