މަޖިލިސް އިންތިހާބު 2019

އެމްޑީޕީ ކެމްޕޭން ނިންމާ ޖަލްސާ ބުރާސްފަތި ދުވަހު

އެމްޑީޕީގެ ކެމްޕޭން ނިންމާލުމުގެ ގޮތުން ބާއްވާ ބޮޑު ޖަލްސާ އަންނަށް ބުރާސްފަތި ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީން ހަފްތާ ބަންދު ދެ ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝާން ލަތީފް ވިދާޅުވީ، އެމްޑީޕީގެ އެޖެންޑާ 19 ކެމްޕޭން ނިންމާލުމުގެ ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 9:00 ޖަހާއިރު ލޮނުޒިޔާރަތް ކޮޅުގައި ކަމަށެވެ.

އަފްޝާން އިތުރަށް ވިދާޅުވީ، އެމްޑީޕީ ކެމްޕޭން ޖަލްސާ ބުރަސާފަތި ދުވަހު ނިންމާލުމަށް ފަހު ޖެހިގެން އަންނަށް ހުކުރު ދުވަހު އެމްޑީޕީ ކެމްޕޭން ޝިއާރު ކަމަށްވާ އެޖެންޑާ 19 އިގެ ހިނގާލުމެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އެހިގާލުން ފަށަން ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގެ ކުރިމަތިން ހަވީރު 4:00 ކަމަށް ވެސް އަފްޝާން ވިދާޅުވި އެވެ. އަދި ހިގާލުން ނިންމާލަނީ ހަވީރު 6:00 ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނޫސްވެެރިންގެ ބައްދަލުވުމުގައި އަފްޝާން އިތުރަށް ވިދާޅުވީ، މި ދެ ހަރަކާތުގައި އެމްޑީޕީއަށް ތާއިދު ކުރައްވާ ހުރިހާ ސަޕޯޓަރުން ބައިވެރިވުމަކީ ޕާޓީގެ ވަރަށް ބޮޑު އެދިލެއްވުމެއް ކަމަށެވެ.