ފައިސަލް ނަސީމް

މަސީ ބޯޑާ ނައިބު ރައީސް ބައްދަލު ކުރައްވައިފި

Apr 2, 2019
1

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ބޯޑު މެންބަރުންނާއި ނައިބު ރައީސް ފައިސަލް ނަސީމް، މިއަދު ބައްދަލު ކުރައްވައިފި އެވެ.

ހެނދުނު ރައީސް އޮފީހުގައި އޮތް ބައްދަލު ކުރެއްވުމުގައި މަސީން ފަށާފައިވާ ކޮންސްޓްރަކްޝަން ސައިޓުގެ ސަލާމަތާއި ރައްކާތެރިކަމުގެ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމާއެކު ޕްރޮގްރާމް ހިންގަން ސަރުކާރުން ބޭނުންވާ އެހީތެރިކަމާއި މިހާރު އޮތް ގޮންޖެހުންތައް ނައިބު ރައީސަށް މަސީން ހިއްސާ ކުރި ވެ.

މީގެ އިތުރުން ހުޅުމާލޭގައި ހަދާ ކޮންވެންޝަން ސެންޓަރުގެ މައުލޫމާތުވެސް މި ބައްދަލުވުމުގައި މަސީން ހިއްސާ ކުރި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވިދާޅުވީ މަސީގެ ބޯޑުން ކޮންސްޓްރަކްޝަން ސައިޓްތަކުގައި ހުންނަންވާނެ ހެލްތް އެންޑް ސޭފްޓީ ކަންތައްތަކުގެ މަޢުލޫމާތު ޢާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އިސް ނެގުމުން މަރުހަބާ ދަންނަވާ ކަމަށާއި އެކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށެވެ. އަދި އިޖުތިމާޢީ މައްސަލަތައް ހައްލު ކުރުމުގައި ވަކި މީހަކު އިސް ނަގަން ދެން މަޑުނުކޮށް ފަދަ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރުމަށް އެދި ވަޑައިގެންނެވި އެވެ.