ދުނިޔެ

އަންނައުނު ބެހި ބަންގްލަދޭޝްގެ ފެކްޓަރީއެއްގައި ތޮއްޖެހި 23 މީހަކު މަރުވެއްޖެ

Jul 10, 2015

ބަންގްލަދޭޝްގެ ފެކްޓަރީއަކުން ހިލޭ ބެހި އަންނައުނު ހޯދަން ދިޔަ މީހުންގެ އަދަދު ގިނަވެ ފިތި ބާރުވުމާ ގުޅިގެން 23 މީހަކު މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގި އުތުރުގެ މިމެންސިންހް އަވަށުގެ ފުލުހުންގެ ވެރިޔާ މުއީނުލް ހައްގު އޭއެފްޕީ ނޫސް އެޖެންސީ އަށް ވިދާޅުވި ގޮތުގައި އެ އަވަށުގައި ހުންނަ ދުންފަތް އުފައްދާ ކާރުހާނާއަކުން ހިލޭ އަންނައުނު ބަހާނެ ކަމަށް ބުނުމުން ރޭ ފަތިހު 4:00 ހާއިރު 1،500 އަށް ވުރެ ގިނަ މީހުން އެ ކާރުހާނާ ދޮށަށް އެއްވި އެވެ. މި ހާދިސާ ހިނގަން މެދުވެރިވީ، އޭނާާ ވިދާޅުވި ގޮތުގައި، ކާރުހާނާގެ ކުޑަ ގޭޓު ފަޅާލާފައި އެންމެން އެއްފަހަރާ އެތެރެ އަށް ވަދެގަންނަން އުޅުމުންނެވެ.

"މަރުވި މީހުންގެ ތެރޭގައި ގިނައީ ވަރަށް ފަގީރު މީހުން،" މުއީނުލް ހައްގު ވިދާޅުވި އެވެ.