ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގް ގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް މަގާމަށް ލަންކާގެ ނޫސްވެރިޔާ ޕްރަދީޕް އަމިރްތަނަޔަގަމް އައްޔަން ކުރަށްވައިފި އެވެ. ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި އެކަން ޔަގީންކޮށްދީފައި ވެއެެވެ.
ނޫސްވެރިކަމާއި އިސްތިހާރު ކުރުމުގެ ދާއިރާއިން 30 އަހަރަށްވުރެ ދިގު މުއްދަތުގެ ތަޖުރިބާ ލިބި ވަޑައިގެންފައިވާ ޕްރަދީޕް އަކީ ޗާޓާޑް އިންސްޓިޓިއުޓް އޮފް މާކެޓިންގް ޔުކޭ (އެފްސީއައިއެމް) ގެ މެންބަރެއް ވެސް މެއެވެ. އޭނާ ވަނީ ރުޕާވަހިނީ އާއި އިންޑިޕެންޑެންޓް ޓެލެވިޝަން ނެޓްވާކް (އައިޓީއެން)، އަދި ސްރީ ލަންކާ ބްރޯޑްކާސްޓިންގް ކޯޕަރޭޝަން ގައި މަސައްކަތް ކުރައްވާފަ އެވެ.
ލަންކާގެ ހޯމްސް ޕޮލާޑް އެންޑް ސްޓޮޓް ޕްރައިވެޓް ލިމިޓެޑް ވުޖޫދައް ގެނައުމުގައިވެސް މި ބޭފުޅާ އިސް ރޯލެއް އަދާކުރައްވާފައި ވެއެވެ.