ހަބަރު

ފުޓުބޯޅަ ސީޒަން ހުޅުވަން ބޮލީވުޑްގެ ތަރިން ގެންނަނީ

Apr 3, 2019
2

މިއަހަރު ރާއްޖޭގެ ފުޓުބޯޅަ ސީޒަން ރަސްމީކޮށް ހުޅުވުމުގެ މެޗު ކުޅުމަށް، ބޮލީވުޑުގެ ލަވަކިއުންތެރިން ގެންނަން އިންޑިއާ ސަރުކާރާއެކު ވަގުތީ ސްޕޯސްޓް މިނިސްޓަރު އަލީ ވަހީދު މަޝްވަރާ ކުރައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ އިތުރުން ވަގުތީ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާ ހިންގުމާ ހަވާލު ހުންނެވި، މިނިސްޓަރު އަލީ ވަހީދު ވަނީ މިއަދު އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސިދޫރް އާ ބައްދަލު ކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމަށްފ

މި ބައްދަލު ކުރެއްވުމަށްމާ ބެހޭ ގޮތުން، ޓޫރިޒަމް މިނިސްޓްރީން ބުނީ ފުޓުބޯޅަ ސީޒަން ރަސްމީކޮށް ހުޅުވަން ބާއްވާ މެޗުގައި އިންޑިއާގެ ގައުމީ ޓީމާ އެކު މެޗެއް ކުޅެއް މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި މީގެ އިތުރުން މި މަޝްވަރާތަކުގައި އިންޑިއާގެ ފިލްމީ އިންޑަސްޓްރީ ބޮލީވުޑް ގެ ތަރިން ހިމެނޭ ގޮތަށް ލަވަކިއުންތެރިން ވެސް ބައިވެވާނެ ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ފުޅުބޯޅަ ދަނޑުތައް ފުރައިލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ވައުދެކެވެ.

ޓޫރިޒަމް މިނިސްޓަރުކަމާ އަލީ ވަހީދު ހަވާލުވުމަށްފަހު ވަނީ ކުޅިވަރުގެ ތެރެއިން ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން ސްޕޯޓް ޓޫރިޒަމް ތައާރަފު ކުރުމަށް ސްޕޭންގައި އޮތް ޔޫތު މުބާރާތެއްގެ ސްޕޮންސާ ރާއްޖޭން ވަނީ ނަގާފަ އެވެ. އަދި ޔޫރަޕުގެ ބޮޑެތި ކްލަބުތައް ގެންނަން ދަނީ މަސައްކަތް ކުރަމުންނެވެ.