ހަބަރު

ސޮނީ ހާޑްވެއާ ރޯދަ ބާޒާރުގައި ކޮންމެ ދުވަހަކު ގިފްޓް ވައުޗާއެއް

ރޯދަމަހަށް ހާއްސަކޮށް ސޮނީ ހާޑްވެއާ އިން "ރޯދަ ބާޒާރު' ގެ ނަމުުގައި ބޮޑު ޕްރޮމޯޝަނެއް ފަށައިފި އެވެ.

ސޮނީ ހާޑްވެއާއިން ބުނީ، ރޯދަ ބާޒާރު ޕްރޮމޯޝަން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ފަސްހާސް ރުފިޔާގެ ގިފްޓް ވައުޗާއެއްވެސް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ ސޮނީ ހާޑްވެއާ ހުޅުމާލެ ފިހާރައާ ޖަނަވަރީ މަގުގައި ހުންނަ ފިހާރައިގެ އިތުރުން ދަ ސީން ފިހާރާގައި ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އަދި "ރޯދަ ބާޒާރު" ގައި ޔޫރަޕްގެ މަޝްހޫރު ބްރޭންޑްތަކުގެ ބަދިގެ ސާމާނާއި ހޯމް އެޕްލަޔަންސާއި ކުލަ އާއި ދަވާދުގެ އިތރުން ހާރޑްވެއައާ ލައިޓިން އަދި ސެނިޓަރީވެ އާއި ތަށިމުށި ހެޔޮއަގުތަކެއްގައި ލިބެން ހުންނާނެ ކަމަށްވެސް ސޮނީ ހާޑްވެއާއިން ބުންޏެވެ.

އެކުންފުނިން ބުނީ، ލަކީޑްރޯ ނެގުން ކުރިއަށް ގެންދާނީ ކޮންމެ ދުވަހަކު ހެނދުނު 10:30 ގައި ޖަނަވަރީ މަގުގައި ހުންނަ ސޮނީ ހާރޑްވެއާ ފިހާރާގައި ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތް ކޮންމެ ދުވަހަކު ވެސް ސޮނީހާޑްވެއާގެ ވެބްސައިޓާއި ފޭސްބުކްޕޭޖް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.

"ސޮނީ ހާޑްވެއާ"އަކީ 1970 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވިޔަފާރި ކުރަމުން ގެންދާ ކުންފުންޏެކެވެ. "ޔުއާ ފޭވަރިޓް ހާޑްވެއާ ސްޓޯރު" ގެ ސްލޯގަންގައި ވިޔަފާރިކުރާ ސޮނީ ހާޑްވެއާގެ ހަތް ފިހާރައެއް ހިންގަމުންދެ އެވެ. އެކުންފުންޏަކީ ހާރޑްވެއާއާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރުޒީނަތްތެރިކުރުމަށް ބޭނުން ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.