ސޮނީ ހާޑްވެއާ

ސޮނީ ހާޑްވެއާގެ "ބިލްހިލޭ" ޕްރޮމޯޝަން ވަރަށް ތަފާތު

"ބިލް ހިލޭ"ގެ ނަމުގައި ސޮނީ ހާޑްވެއާ އިން ތަފާތު ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއީ ސޮނީ ހާޑްވެއާއިން ތަފާތު ގޮތަކަށް މިއަހަރު ހިންގާ އެންމެ ބޮޑު ޕްރޮމޯޝަނެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރު 30ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގެ ޒަރިއްޔާއިން ސޮނީ ހާޑްވެއާގެ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއެއްގެ ގުރުއަތުން ހޮވޭ 4 ފަރާތެއްގެ ބިލަށް އަރާފައިވާ ފައިސާގެ ޖުމްލަ އަދަދު އެފަރާތްތަކަށް އަނބުރާ ރައްދުކޮށް ދެވޭނެ އެވެ. މިގޮތުން 300 ރުފިޔާއިން މަތިން ކުރެވޭ ކޮންމެ ވިޔަފާރި އަކަށް އެއް ބިލްހިލޭ ކޫޕަން ލިބޭނެ އެވެ. އެހެންކަމުން ގިނަ ވިޔަފާރި ކުރާ ފަރާތްތަކަށް ގިނަ ކޫޕަން ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

ބިލް ހިލޭ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތައް ހޮވުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހު ކުރިއަށް ގެންދާނެ އެވެ. އަދި ކޮންމެ ހޮނިހިރު ދުވަހަކު ސޮނީ ހާޑްވެއާގެ ފޭސްބުކް ޕޭޖް، އިންސްޓަގްރާމް ޕޭޖް، އަދި ވެބްސައިޓްގައި ނަސީބުވެރި ފަރާތްތައް އިއުލާން ކުރެވޭނެ އެވެ.

ބިލްހިލޭ ޕްރޮމޯޝަން ހިންގުމުގެ މައިގަނޑު ބޭނުމަކީ ހިޔާ ފްލެޓް ލިބިފައިވާ ކަސްޓަމަރުންނަށް ވީހާވެސް ރަނގަޅު ފުރުސަތުތަކެއް ހަމަޖައްސައި ދިނުމަށެވެ. މިގޮތުން ހިޔާ ފްލެޓަށް ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮ އަގުތަކުގައި ސޮނީ ހާޑްވެއާ އިން ކަސްޓަމަރުންނަށް ލިބެން ހުންނާނެ އެވެ.