މަޖިލިސް އިންތިހާބު 2019

ރައީސްކަމުން މެންބަރަކަށް، ނަޝީދު ތާރީހުގެ ތެރެއަށް

Apr 6, 2019
6
މާލެ. 01 މާޗު 2019 -- އެމްޑީޕީގެ އެޖެންޑާ 19 ކެމްޕޭން ނިންމުމަށް ބޭއްވި ހިނގާލުމުގެ ތެރޭގައި ރައީސް ނަޝީދު. -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

މިއަދު މުޅި ރާއްޖޭގައި ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނު ވާދަކުރެއްވި މައްޗަންގޮޅި މެދުދާއިރާގެ ގޮނޑި ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރައްވައިފި އެވެ.

އެމަނިކުފާނު މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ކުރެއްވީ، މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރެއްވި، ހަތަރު ކެންޑިޑޭޓަކާ ވާދަކުރައްވައިގެންނެވެ. އެމަނިކުފާނާ އެންމެ ކައިރިން ވާދަކުރެއްވީ، މިނިވަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދެވެ.

ނަޝީދު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވުމާއެކު އެމަނިކުފާނު ވެގެން ދާނީ ކުރީގެ ރައީސްއަކު މަޖިލީހުގެ މެންބަރުކަން ކުރައްވާ ފުރަތަމަ ފަހަރަށެވެ.

ދެން އެ ދާއިރާއަށް ވާދަކުރެއްވި، ޑީއާރުޕީ ކެންޑިޑޭޓް އަހުމަދު ޝާން އާއި މިނިވަން ކެންޑިޑޭޓް އަބްދުﷲ ޒިޔާދު އަދި މިނިވަން ކެންޑިޑޭޓް އަބްދުﷲ އިރުފާނެވެ.

ރައީސް ނަޝީދަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޖަގަހައިގައި އުފާ ފާޅުކުރުން މިހާރު ކުރިއަށް އެބަދެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910