މިއަދު މުޅި ރާއްޖޭގައި ބޭއްވި 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި، މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ގޮނޑިތަކުގެ ބޮޑު އަގުލަބިއްޔަތު އެމްޑީޕީއިން އަނެއްކާ ވެސް ކަށަވަރުކޮށްފި އެވެ. މިހާރު ހިނގަމުން މިދާ 18 ވަނަ ރައްޔިތުން މަޖިލީހުގައި މާލެ، އައްޑޫގެ ގޮނޑިތަކުގެ އަގުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ.
އެގޮތުން މާލެ ސިޓީގެ 15 ގޮނޑީގެ ތެރެއިން، 14 ގޮނޑިއެއް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފަ އެވެ. މާލެ ސިޓީގެ ގޮނޑިތަކުގެ ތެރެއިން އެމްޑީޕީއަށް ނުލިބުނީ ވިލިމާލެ ދާއިރާ އެކަންޏެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރީ އަމިއްލަ ކެންޑިޑޭޓް އަހުމަދު އުޝާމެވެ.
- ހުޅުމާލެ ދާއިރާ: އަލީ ނިޔާޒު (އެމްޑީޕީ)
- މެދުހެންވޭރު ދާއިރާ: އަލީ އާޒިމް(އެމްޑީޕީ)
- ހެންވޭރު ދެކުނު ދާއިރާ: ހުސެން ޝަހީމް/އަދުން ހުސެއިން (އެމްޑީޕީ)
- ހެންވޭރު އުތުރު ދާއިރާ: އިބްރާހިމް މުއިއްޒު (އެމްޑީޕީ)
- ގަލޮޅު އުތުރު ދާއިރާ: އީވާ އަބްދުﷲ (އެމްޑީޕީ)
- ގަލޮޅު ދެކުނު ދާއިރާ: މީކާއީލް އަހުމަދު ނަސީމް (އެމްޑީޕީ)
- މައްޗަންގޮޅި އުތުރު ދާއިރާ: މުހައްމަދު ރަޝީދު (އެމްޑީޕީ)
- މައްޗަންގޮޅި ދެކުނު ދާއިރާ: އަހުމަދު ހައިތަމް (އެމްޑީޕީ)
- މާފަންނު އުތުރު ދާއިރާ: އިމްތިޔާޒު ފަހުމީ (އެމްޑީޕީ)
- މާފަންނު ހުޅަނގު ދާއިރާ: މުހައްމަދު ފަލާހު (އެމްޑީޕީ)
- މާފަންނު މެދު: އިބްރާހިމް ރަޝީދު/ބޮންޑާ (އެމްޑީޕީ)
- ހެންވޭރު ހުޅަނގު: ހަސަން ލަތީފް (އެމްޑީޕީ)
- މައްޗަންގޮޅި މެދު: މުހައްމަދު ނަޝީދު (އެމްޑީޕީ)
- ވިލިމާލެ ދާއިރާ: އަހުމަދު އުޝާމް (އަމިއްލަ)
- މާފަންނު ދެކުނު ދާއިރާ: އާދަމް އަލީ (އެމްޑީޕީ)
އައްޑޫ ސިޓީގައި ހަތް ދާއިރާ ހިމެނޭއިރު އެ ހަތް ދާއިރާ ވެސް އެމްޑީޕީއިން ބޮޑު އަގުލަބިއްޔަތެއް ހޯދައި ވަނީ ކާމިޔާބުކޮށްފަ އެވެ.
- ހުޅުދޫ ދާއިރާ: އިލްޔާސް ލަބީބު (އެމްޑީޕީ)
- ފޭދޫ ދާއިރާ: މުހައްމަދު ނިހާދު (އެމްޑީޕީ)
- މަރަދޫ ދާއިރާ: އިބްރާހިމް ޝަރީފް (އެމްޑީޕީ)
- ހިތަދޫ އުތުރު: މުހައްމަދު އަސްލަމް (އެމްޑީޕީ)
- ހިތަދޫ މެދު: އަހުމަދު ރަޝީދު (އެމްޑީޕީ)
- ހިތަދޫ ދެކުނު: އިބްރާހިމް ނާޒިލް (އެމްޑީޕީ)
- އައްޑޫ މީދޫ: ރޮޒައިނާ އާދަމް (އެމްޑީޕީ)
ފުވައްމުލަކު ސިޓީގެ ތިން ދާއިރާގެ ގޮނޑި ވެސް އެމްޑީޕީއިން ވަނީ ނަގާފަ އެވެ.
- ފުވައްމުލަކު އުތުރު: މުހައްމަދު ރަޝީދު (އެމްޑީޕީ)
- ފުވައްމުލަކު މެދު: ހުސެއިން މުހައްމަދު ދީދީ (އެމްޑީޕީ)
- ފުވައްމުލަކު ދެކުނު: މުހައްމަދު މުމްތާޒު (އެމްޑީޕީ)