ހަބަރު

ބޮޑެތި ވައުދުތަކާއެކު ޖާބިރު އަލުން މަޖިލީހަށް

ކ. ކާށިދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދައިދީ، މުޅި ކާށިދޫ ދާއިރާގެ މުސްތަގުބަލު ބަދަލުކޮށްލާނެ ބިލިއަން ޑޮލަރުގެ ޕްލޭނަކާއެކު ވާދަކުރެއްވި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީސް އިންތިހާބު ކާމިޔާބު ކުރައްވައިފި އެވެ.

އެމްޑީޕީގެ ޓިކެޓް ނުލިބުމުން، ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއިން ބަލިވި ނަމަވެސް، މަޖިލީހަށް ވާދަކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިގެން ހޯއްދެވި ޖާބިރަށް ކާށިދޫ ދާއިރާއިން ވަނީ އަގުލަބިއްޔަތު ހޯއްދަވައިފަ އެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން، ޖާބިރު އަލުން މަޖިލީހަށް އިންތިހާބުވެފައިވަނީ ބޮޑު އަގުލަބިއްޔަތެއްގެ ވޯޓާއެކު އެވެ. އެއީ އެމްޑީޕީ ޕްރައިމަރީއިން ޖާބިރުގެ މައްޗަށް ކުރި ހޯއްދަވައިގެން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވި އަބްދުﷲ ރިފާތު އެވެ.

އެ ދާއިރާއަށް ދެން ވާދަކުރެއްވި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.

ޖާބިރަކީ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ ވެސް މެ އެވެ.