ވިޔަފާރި

ތާޖު އެކްޒޯޓިއާ އަށް މަޝްހޫރު ރިސޯޓު ވެއާ ބްރޭންޑެއް

Apr 7, 2019

އިންޑިއާގެ މަޝްހޫރު އަންނަ ނައުމު ބްރޭންޑެއްގެ ރިސޯޓު ވެއާ ކަލެކްޝަނެއް ތާޖު އެކްޒޯޓިއާ ރިސޯޓަށް ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ ތާޖު އެގްޒޯޓިކޯ ރިސޯޓުން ބުނެފައިވާ ގޮތުގައި އިންޑިއާގެ މަޝްހޫރު ބައެއް ތަރިން ވެސް ބޭނުންކުރާ "ހައުސް އޮފް މަސާބާ" އަންނައުނުގެ 19 ކަލެކްޝަނެއް އެ ރިސޯޓުގައި މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ.

"ހައުސް އޮފް މަސާބާ" އިން ހޫނު މޫސުމާ ދިމާކޮށް ރާއްޖޭގެ ތާޖު އެގްޒޯޓިކާ ރިސޯޓުގައި ނެރެފައިވާ އަންނައުނުގެ ތެރޭގައި ސުއިމިން ވެއާއެއްގެ އިތުރުން ޗުއްޓީގައި އުޅޭއިރު ލައިގެން އުޅެން ފަސޭހަ ގަޔަށް ދޫ ހެދުންތައް ހިމެނެ އެވެ. މި ހެދުން ބްރޭންޑް ހާއްސަވެފައިވަނީ އަންހެނުނަށެވެ.

އެނބޫދޫ ފިނޮޅުގައި ތަރައްގީކޮށްފައިވާ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން 15 މިނެޓުން ދެވެ އެވެ. މި ރިސޯޓު ހިންގަނީ އިންޑިއާގެ މަޝްހޫރު ހޮޓެލް ޗެއިންއެއް ކަމަށްވާ ތާޖު ގްރޫޕުންނެވެ.