ޓީވީ ސީރީޒް

ގޭމް އޮފް ތްރޯންސް ފަށަން ހަފްތާއެއް!

އެޗްބީއޯގެ ޓީވީ ސީރީސް "ގޭމް އޮފް ތްރޯންސް" ގެ އާ ސީޒަން މި އަންނަ ހަފުތާގެ އާދީއްތަ ދުވަހު ޕްރީމިއާ ކުރާނެ އެވެ. މިއީ މި ޝޯ ބަލަން ކެތްމަދުވެފައިވާ ފޭނުންގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. މުޅިއަކު ހަ އޕިސޯޑް ހިމެނޭއިރު އޭޕްރިލް 14 ގައި ނިކުންނާނީ މި ޝޯގެ އެންމެ ފަހު ސީޒަނެވެ.

ކުރިއަށް އޮތް ސީޒަނުގެ މައިގަނޑު ތިން ޓީޒާ އެއްވެސް އެޗްބީއޯއިން ވަނީ އާއްމު ކޮށްފައެވެ. މިގޮތުން އަންގާރަ ދުވަހު ނެރުނު "އާފްޓާމެތް" ގައި ދައްކަނީ ބެޓަލް އޮފް ވިންޓަފެލް ގައި ވެސްޓެރޯސްގެ ހީރޯސް ކަމުގައިވާ ޓިރިއަން ލެނިސްޓާގެ ހޭންޑް އޮފް ދަ ކިންގް ޕިން އާއި ބްރޭން ސްޓާކްގެ ފުރޮޅުލީގޮނޑި އަދި ޖޯން ސްނޯގެ ވެލޭރިއަން ސްޓީލް ކަނޑި، އާޔާ ސްޓާކް ގެ ކަނޑި ނީޑްލް، ޑެނޭރިސް ޓާގޭރިއަންގެ ޑްރެގަން ޗެއިން ސްނޯގައި ވެއްޓިފައިވާ މަންޒަރެވެ. ދެން ފެންނަނީ ކަޅު ހިޔަންޔެއް އަންނަ ތަނެވެ. ޓީޒާ އިން ފެންނަ ގޮތުގައި ބޮޑަށް ބެލެވެނީ އެއީ ނައިޓް ކިންގް ކަމަށެވެ. އެހެންކަމުން މި ހަނގުރާމައިން ސަލާމަތްވާނީ ކާކު ކަމަކާއި އަޔަން ތްރޯންގައި އިންނާނީ ކާކުކަމެއް ނޭގި މެދު ފޭނުން ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

އެޗްބީއޯއިން "އާފްޓާރމެތް" ނަމުގައި ނެރުނު ޓީޒަރ

މީގެ ކުރިން ނެރުނު ޓީޒާ "ޓުގެދާ" ގައި ދައްކަނީ ޓިރިއަން ލެނިސްޓާ ވަރުގަދަ ސްޕީޗެކެވެ. އަދި މި ސްޕީޗުގައި ބުނަނީ "އަހަރުމެން އެއްމެން އެއްކޮށް ހަނގުރާމަ ކުރަންވީ. އެހެންނޫނީ މަރުވާނެ" މިހެންނެވެ.

އެޗްބީއޯއިން "ޓްގެދަރ" ގެ ނަމުގައި ނެރުނު ޓީޒަރ

ފުރަތަމަ ނެރުނު ޓީޒާ "ސަވައިވަލް" ގައި ދައްކަނީ ސްޓާކުގެ ބިލްޑިންގ ތަކެވެ. އަދި ޖޮން ސްނޯ އާއި އަޔާ ސްޓާކް އަލުން ވިންޓަފެލް އިން ދިމާވާ މަންޒަރެވެ. ކޮންމެ ޓީޒާއެއްގައި ބައިވަރު ބޮޑެތި ކަންކަން ވާން އުޅޭކަމުގެ އިހުސާސްކުރެވެއެވެ. އަދި ދެންވާނެ ގޮތެއް ނޭގި ގޮތެއް ނޭގި އިންތިޒާރުގައި އަދި ކުޑަދުވަސްކޮޅެއް މަޑުކޮށްލަން އެބަޖެހެއެވެ.

އެޗްބީއޯއިން ނެރުނު "ސަރވައިވަލް"ނަމުގައި ނެރުނު ޓީޒަރ

އާ ސީޒަން ރެޑް ކާޕެޓް ޕްރީމިއާއެކު ފުރަތަމަ އެޕިސޯޑް ދައްކާލާ އިވެންޓެއް ވަނީ އޭޕްރީލް ފަހެއްގައި ނިއުޔޯކުގައި ބާއްވާފަ އެވެ. މި އިވެންޓްގައި ހުރިހާ ސީޒަނެއްގައި ޝޯގެ ކާސްޓުންގޮތުގައި މަސައްކަތް ކުރި ސްޓާރުންވަނީ ބައިވެރިވެފަ އެވެ. އަދި ޝޯގެ ފަހު ސީޒަން އާއި މެދު ކާސްޓުން ވަނީ އެމީހުންގެ އެކި ޝުއޫރު ފާޅުކޮށްފައެވެ.

ގޭމް އޮފް ތްރޯންސް އިން ވަނީ ރެކޯޑް ނަމްބަރެއްގެ ބެލުންތެރިން އެޗްބީއޯ އަށް ހޯދައިދީ ވަރަށް ފުޅާ އެކްޓިވް ބައިނަލްއަގުވާމީ ފޭން ބޭސްއެއް ގާއިމު ކޮށްފަ އެވެ. އަދި ޝޯގެ އެކްޓިން އާއި، ކެރެކްޓަރުންގެ ވާހަކަތަކުގެ ފުން ކަމުންނާއި ޕްރޮޑަކްޝަންގެ ގަދަ ކަމުން ވަރަށް ބޮޑު ތަރުހީބެއް ޝޯއަށް ވަނީ ލިބިފަ އެވެ.