ޗެލްސީ

ވެސްޓްހަމް ބަލިކޮށް ޗެލްސީ ގަދަ ހަތަރެއްގެ އުންމީދުގައި

އެޑެން ހަޒާޑް ކާމިޔާބު ކުރި ދެ ލަނޑުން، ވެސްޓްހަމް ޔުނައިޓަޑްގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، އަންނަ ސީޒަނަށް ޗެމްޕިއަންސް ލީގްގެ އުންމީދު ޗެލްސީން ބޮޑު ކޮށްފި އެވެ.

މޮޅާ އެކު، ޗެލްސީ ވަނީ ތަވާލުގެ ތިން ވަނަ މަގާމަށް އަރާފަ އެވެ. އެހެންނަމަވެސް އެއީ ކުރިން ތިން ވަނަ މަގާމުގައި އޮތް، ޓޮޓެންހަމް ހޮޓްސުޕާސްއަށް ވުރެ އިތުރަށް މެޗެއް ކުޅެގެންނެވެ. ޗެމްޕިއަންސް ލީގްގައި، މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ނިކުންނަން ޖެހޭތީ، މިހަފުތާގައި، ސިޓީ އާއި ޓޮޓެންހަމްއަށް ޕްރިމިއާ ލީގް މެޗު ނޯންނާނެ އެވެ. އަދި މިރޭ ލިވަޕޫލްވެސް ޕޯޓާއާ ދެކޮޅަށް ނިކުންނާނެ އެވެ.

ލިވަޕޫ؛ލްވެސް އެއް ވަނައިގައި އޮތީ، ސިޓީއަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެންނެވެ. އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މެޗުގައި، ޗެލްސީގައި ހަޒާޑްގެ ފަރާތުން ފެނުނީ ވަން މޭން ޝޯ އެކެވެ. މުޅި މެޗުގައިވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ހަޒާޑް އަތުން ބޯޅަ ހޯދުމުގައި، ވެސްޓްހަމްގެ ކުޅުންތެރިންނަށް އުނދަގޫ ކުރިމަތުވިކަން ފާހަގަ ކުރެވުނެވެ. ހަޒާޑް ވަނީ އޭނާގެ އިސްކޮޅު ބޭނުން ކޮށްގެން ފައިދާ ނަގަފާ އެވެ.

"އެއީ ވަރަށް ހާއްސަ ކަމެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ހަޒާޑް ބުންޏެވެ. "އަހަންނަކީ ވަރަށް ކުޑަ މީހެއް ބޮޑެތި ކުޅުންތެރިންނާ ދެކޮޅަށް އަހަރެން ކުޅޭއިރު އެމީހުންނަށް ވަރަށް އުނދަގޫ ކަމެއް މިސްރާބު ބަދަލު ކުރުން، އަހަރެން އެ މީހުންނާ ދިމާއަށް ދުވާއިރު