ވިޔަފާރި

ތިން މަސްތެރޭ، 10 ރިސޯޓާއި 40 ގެސްޓްހައުސް އަށް ހުއްދަ ދީފި

Apr 9, 2019
6

އާ ސަރުކާރު ވެރިކަމާ ހަވާލުވިތާ ތިން މަސްތެރޭގައި 10 ރިސޯޓާއި 40 ގެސްޓްހައުސް އަށް ލައިސަންސް ދެއްވިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވިދާޅުވީ 10 ރިސޯޓު ހިންގަން ލައިސަންސް ދިނުމާއެކު ރިސޯޓުގެ އަދަދު 141 އަށް އިތުރުވެފައިވާ ކަމަށެވެ.

"އާ ސަރުކާރު އައިފަހުން 1410 ބެޑް [އެނދު] ރިސޯޓުތަކަށް އެޑްކުރެވިއްޖެ. ސާޅީސް އާ ގެސްޓްހައުސްގައި 640 އާ އެނދު. މިހާރު ގެސްޓްހައުސްތަކުގައި 8،960 ބެޑް އެބަހުރި. ޑައިވް ސެންޓަރުތައް ވެސް. އެގާރަ ޑައިވް ސެންޓަރާއި 22 ޓްރެވަލް އެޖެންސީއަށް ވަނީ ހުއްދަ ދެވިފައި،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ހިންދެމިލެވި، ޓޫރިޒަމަށް އުޖޫލާކަން ފެންނަން ފަށާފައިވާ ކަމަށެވެ.

މި ސަރުކާރުވަނީ އިތުރު 30 ރިސޯޓު މި އަހަރު ހުޅުވާނެ ކަމަށް ބުނެފަ އެވެ. މި ރިސޯޓުތައް ހުޅުވުމާއެކު ރާއްޖޭގައި އެނދުގެ އަދަދު 50،000 އަށް އިތުރުވެގެންދާނެ އެވެ.