ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެެ އިންތިހާބުގެ ހަ ވޯޓު ފޮއްޓެއްގެ ސެކިއުރިޓީ އުރަ ތިނެއް ކަނޑަން އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.
ސިޓީ އުރަ ތިނަކީ ނަތީޖާ ޝީޓް ހިމެނީ އުރަ އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ އެ ސިޓީ އުރަތައް ކަނޑަން ނިންމީ ނަތީޖާ ޝީޓްގެ އަދަދުތައް ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.
ކަނޑަން ނިންމާފައިވަނީ އދ. މާމިގިލީގައި ބެހެއްޓި ތިން ވޯޓު ފޮއްޓާއި ލ. އަތޮޅުގެ މާލެ ވޯޓު ފޮއްޓާއި ކުނަހަންދޫގެ ވޯޓު ފޮއްޓާއި ހުޅުމާލޭގައި ބެހެއްޓި އެހެނިހެން ވޯޓު ފޮށީގެ ސިޓީ އުރަ އެވެ.
އެކަން ކުރުމަށް ނިންމާފައިވަނީ މިރޭ 7:00 ގައި އިލެކްޝަން ކޮމިޝަންގެ އިންތިހާބީ މަރުކަޒު، ބާ ޖަމާލުއްދީންގަ އެވެ.
ހަ ސިޓީ އުރައެއް ކަނޑަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ އެމްޑީޕީއިން ވަނީ ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލްކޮށް ދޭން އެދިފަ އެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮއްޓެއް އަލުން ގުނުމަށް ވެސް ނިންމާފަ އެވެ. އަދި މާމިގިލި ދާއިރާގެ ބާތިލް ވޯޓުތައް ވެސް އަލުން ޗެކް ކުރުމަށް ނިންމާފަ އެވެ.