ވިކްޓަރީ

ވިކްޓަރީއަށް ޖެނަރަލް ސެކެޓްރީއެއް ހޯދަނީ

ވިކްޓަރީ ސްޕޯޓްސް ކުލަބަށް ޖެނަރަލް ސެކެޓްރީއެއް ހޯދަން އެ ކުލަބުން އިއުލާން ކޮށްފި އެވެ.

ވިކްޓަރީގެ ޖެނަރަލް ސެކެޓްރީގެ މަގާމު، މިދިޔަ އެއް އަހަރު ވަންދެން އަދާ ކުރެއްވި އައިޝަތު ތައުމީނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އޭނާ އިސްތިއުފާ ދިނީ މާސްޓާސް ޑިގްރީއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހަމަޖެހިފައި ވާތީ އެވެ. ވިކްޓަރީގެ ވައިސް ޗެއާމަން، މައުރޫފް އަހްމަދު 'މާއްޓޭ' ވިދާޅުވީ ތައުމީނާގެ ހިދުމަތް ކުލަބުން ފާހަގަ ކުރާ ކަމަށާއި އޭނާ އަކީ ވިކްޓަރީގެ ވަރަށް ބޮޑު އެސެޓެއް ކަމަށެވެ.

އާ ޖެނަރަލް ސެކެޓްރީ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އީމެއިލް މެދުވެރިކޮށް ސީވީ ފޮނުވުމަށް ވިކްޓަރީން ވަނީ އެދިފަ އެވެ. އަދި މުސާރައާ މެދު ދެ ފަރާތުން އެއްބަސްވާ މުސަރައެއް ދިނުމަށް އެ ކުލަބުން ވަނީ ހުށަހަޅާފަ އެވެ.

ވިކްޓަރީން ޖެނެރަލް ސެކެޓްރީއެއް ހޯދަނީ

ވިކްޓަރީން އެ ކުަލަބުގެ މެންބަރުންނަށް ބާއްވާ ބައްދަލުވުމެއް، މިރޭ ގަލޮޅު މަދަރުސާގައި ބޭއްވުމަށް އެ ކުލަބުން ވަނީ އިއުލާން ކޮށްފަ އެވެ. މިރޭ 8:30 ގައި ފަށާ ބައްދަލުވުމުގައި ވިކްޓަރީގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމަށް މީހަކު އިންތިހާބު ކުރުން އޮންނާނެ އެވެ. އަދި އެ ކުލަބުގެ ޕްލޭންތަކާއި މިއަހަރު ކުރުމަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުން މައުލޫމާތު ހިއްސާ ކުރާނެ އެވެ.

އާ ސީޒަނަށް ތައްޔާރު ވުމަށް، ވިކްޓަރީން ދަނީ އެ ޓީމުގެ ސީނިއާ ޓީމަށާއި 17 އަހަރުން ދަށުގެ ޓީމަށް ބޭނުންވާ ކުޅުންތެރިން ހޯދުމަށް ޓްރެއަލް ބާއްވަމުންނެވެ.