ހަބަރު

ބާތިލް ވޯޓު ގުނުމުން އާދަމް ޝަރީފަށް ވޯޓު އިތުރުވެއްޖެ

Apr 10, 2019
1

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓުތައް ގުނުމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފަށް ވޯޓް އިތުރުވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުން އެ ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނާފައިވަނީ ލިބުނު ޝަކުވާއަކާ ގުޅިގެންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް ޝަރީފެވެ. އެއީ 868 ވޯޓުންނެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ޝިހާމެވެ. އޭނާއަށް ލިބުނީ 851 ވޯޓެވެ. ވޯޓުގެ ފަރަގަކީ 17 ވޯޓެވެ.

ބާތިލް ވޯޓުތައް މިއަދު އަލުން ގުނިއިރު ނުވަ ސައްހަ ވޯޓެއް ބާތިލް ވޯޓުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ. އެއީ އާދަމް ޝަރީފަށް ލިބެންޖެހޭ ސައްހަ ނުވަ ވޯޓެވެ. އެހެންވެ އެ ވޯޓުތައް އާދަމް ޝަރީފްގެ ވޯޓުގެ ގޮތުގައި ގުނުމުން ފަރަގު 26 ވޯޓަށް ވަނީ ބޮޑުވެފަ އެވެ.