ހަބަރު

މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް ވިއުގަ އަކުން ގުޅާލަނީ

އެއް ފަޅެއްގައި އޮންނަ ގދ. މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް ވިއުގަ އަކުން ގުޅާލަން ނިންމައިފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިދިޔަ ބުރާސްފަތި ދުުވަހު ކުރި އިއުލާނެއްގައި ވަނީ، މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް އެއްވިއުގައަކުން ގުޅާލަން ސެންޓްރަލް ޕަވާ ސްޓޭޝަނެއް ޑިޒައިންކޮށް އިމާރާތްކޮށް އަދި އެތަނަށް ބޭނުންވާ އެންމެހާ ތަކެތި ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެއިއުލާންގައި ވަނީ، ޢެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުން މިމަހުގެ 16 އެކުންފުނީގެ ހެޑް އޮފީސް، ޕޯޓް ކޮމްޕްލެކްސް ބިލްޑިންގެ 7 ވަނަ ފަންގިފިލާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެ ކަމަށެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑްގައި ބައިވެރިވެވޭނީ ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތަކަށާއި ޕްރީބިޑް މީޓިންގައި ބައިވެރިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. ބިޑް ހުޅުވާލާނީ މިމަހުގެ 30 ވަނަ ދުވަހު ކަމަށްވެސް ފެނަކައިގެ އިއުލާންގައި ވެއެވެ.

މަޑަވެއްޔާއި ހޯޑެއްދޫ ކަރަންޓް ވިއުގަ އަކުން ގުޅާލަން ނިންމާފައިވާއިރު، އެދެރަށް ވަނީ ކޯސްވޭ އަކުން ގުޅާލާފަ އެވެ. ނަމަވެސް ރަށުގައި ފެންބޮޑުވާ ކަމަށްބުނެ ހޯޑެއްދޫ ރައްޔިތުން ނުކުމެ ކޯޒްވޭ ވަނީ ކަނޑާލާފަ އެވެ.