މަގުމަތީގެ އެކްސިޑެންޓް

ދެ އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާ

Apr 14, 2019

ދެ އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ. މީގެ ތެރެއިން އެ އެކްސިޑެންޓް ހިނގީ ރޭ ފަތިހު މާލޭގަ އެވެ. އަނެއް އެކްސިޑެންޓް ރޭ މެންދަމު ލާމް ލިންކްގަ އެވެ. ލާމްލިންކްގައި އެކްސިޑެންޓެއް ހިނގީ މަގާ ގުޅިފައިވާ ގަމުގެ ރީޖަނަލް ހޮސޕިޓަލް ކައިރިންނެވެ.

ރޭ މެންދަމު 1:30 ހިނގި އެ އެކްސިޑެންޓުގައި ސައިކަލް ތިބި އަންހެނަކާއި ފިރިހެނަކު ތިބި ސައިކަލް މަގުގެ ޑިވައިޑަރެއްގައި ޖެހި ވިއްސައިގެން ގޮސް އެކިވަރުގެ އަނިޔާ ދެ މީހުނަށް ލިބުނެވެ.

އެ މީހުންނަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދިން އިރު ވސީރިއަށް އަނިޔާއެއް އެ ދެ މީހުންނަށް ނުލިބުނު ނަމަވެސް އެކްސިޑެންޓްގައި އަންހެން މީހާ ހޭނެތުނު ކަމަށް ވެއެވެ.

ރޭ ފަތިހު މާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެފައި ވެއެވެ.

ފުލުހުން ބުނީ ފަތިިހު 5:20 ގައި ބާޒާރުމަތީ ޑޯންކެފޭ ކުރިމަތިން އެކްސިޑެންޓްވީ ދެ ސައިކަލެއް މަގުގައި ޕާކްކޮށްފައި އޮތް ޕިކަޕަކެއްގައި ޖެހިގެން ކަމަށާއި އޭގެ ތެރެއިން އެއް ސައިކަލްގައި އިން މީހާ އެކްސިޑެންޓަށްފަހު މަޑު ނުކޮށް ފިލާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި އޭގެ ތެރެއިން އެއް ސައިކަލްގައި ތިބި ދެ މީހަކަށް އަނިޔާވި އިރު އެ ދެ މީހުންގެ ގައިގެ ތަންތަނުން ހަން މަށާއިގެން ގޮސްފައި ވެއެވެ. އަދި އެ މީހުން އައިޖީއެމްއެެޗަށް ގެންގޮސް ފަރުވާ ދިނެވެ. އެ ސަކަލް ދުއްވި މީހާގެ އަތުގައި ލައިސަންސެއް ނެތެވެ.