ދިރާގު ފައިބަ ބްރޯޑްބޭންޑު އިންޓަނެޓުގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް ފޯރުކޮށްދީ، ކާމިޔާބީ ފާހަގަ ކޮށްފި އެވެ.
އާބާދީގެ 75 ޕަސެންޓަށް ފައިބަ- ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދިނުން ފާހަގަ ކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ "ދިރާގުން މުޅި ރާއްޖެ ގުޅާލާފައި" ވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދޭދޭ ރަށްތަކާއި ބޭރު ގުޅުވައިދޭ ފާލަމަކީ ދިރާގު. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އެއް، ފެންވަރެއްގައި މުއާސަލާތީ ހިދުމަތް ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. މި ގޮން ޖެހުންތަކާއެކު ވެސް ދިރާގުން މި އަންނަނީ ޒަމާނީ މުއާސަލާތީ ހިދުމަތުގެ އެންމެ ފުރިހަމަ ހިދުމަތް ދެމުން،" ރައީސް ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ދޭދޭ ރަށްތަކާއި ބޭރު ގުޅުވައިދޭ ފާލަމަކީ ދިރާގު. ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި އެއް، ފެންވަރެއްގައި މުއާސަލާތީ ހިދުމަތް ދިނުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް. މި ގޮން ޖެހުންތަކާއެކު ވެސް ދިރާގުން މި އަންނަނީ ޒަމާނީ މުއާސަލާތީ ހިދުމަތުގެ އެންމެ ފުރިހަމަ ހިދުމަތް ދެމުންރައީސް ސޯލިހު
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންނަށް ފަސޭހަތަށް ހޯދައި ދިނުމަށްޓަކައި ފަށާފައިވާ މަސައްކަތުގައި ދިރާގުން މުހިންމު ރޯލެއް އަދާކުރަމުންދާ ކަމަށެވެ. ޑިޖިޓަލް ޖަޒީރާ ރާއްޖެ އަކަށް ދިރާގާއެކު ދިވެހިންނަށް ދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދިރާގު ކާމިޔާބީތަކުގެ ސަބަބުން އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް މަގު ފަހިވޭ. ދިވެހިން މިދަނީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރަމުން. ދިވެހިންގެ އެންމެހާ ގުޅުންތަކާ ގުޅިފައިވާ މި ކުންފުންޏަކީ ރައްރަށުގެ ތަރައްގީގެ މުހިންމު ބައިވެރިއެއް. ދިރާގަކީ ރަށްރަށުގެ ވިޔަފާރިތައް ކުރި އެރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައިވެރިއެއް. ހާއްސަކޮށް މާލެ އާއި ދުރު އަތޮޅުތަކުގައި ރިސޯޓުތައް ތަރައްގީ ކުރުމުގައި ދިރާގުގެ ހިދުމަތް މުހިންމު ދައުރެއް އަދާކުރޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަމާޒު ހިފާފައިވަނީ ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް ޑިޖިޓަލް ޓެކްނޮލޮޖީގެ ފޯރުކޮށްދިނުމަށް ކަމަށެވެ.
"ރައްޔިތުން އުންމީދު ކުރާ ފެންވަރުގައި ހިދުމަތް ދިނުމަށް ދައުލަތުގެ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން މި އަންނަނީ މަސައްކަތް ކުރަމުން. ސަރުކާރުގެ ސިޔާސަތު ތަންފީޒު ވެގެން ދާއިރު، ވީހާ ވެސް ގިނަ ރަށްރަށަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ލިބި. ޑިޖިޓަލް ހިދުމަތުގެ ފަރަގު މިހާރަށް ވުރެ ވެސް ކުޑަ ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްލާއިމް ރަޝީދު ވިދާޅުވީ ދިރާގު ފެށިގެން އައިއިރު ރާއްޖޭގެ މުއާސަލާތީ ހިދުމަތް އޮތީ ވަރަށް ފެންވަރު ދަށްކޮށް ކަމަށެވެ. ނަމަވެސް ދިރާގު އުފެދުނުތާ 10 އަހަރު ނުވަނީސް ނެޓްވޯކެއް ގާއިމްކޮށް ހުރިހާ ރަށްރަށަކަށް ފޯނުގެ ހިދުމަތް ދީފައިވާ ކަމަށާ، މި މަސައްކަތުގެ މޭސްތިރިއަކީ މިހާރު އެ ކުންފުނީގެ ޗެއާމަން އިސްމާއިލް ވަހީދު ކަމަށެވެ.
"މުއާސަލާތީ ގޮތުން ދިރާގުން ވަރަށް ގިނަ ލަނޑުދަނޑި ތަކެއް ހާސިލްކޮށްފި. ރާއްޖެ އަށް އަލަށް އިންޓަނެޓާއި މޮބައިލްގެ ހިދުމަތް ތައާރަފުކޮށް ދިނީ ދިރާގުން. ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅައިލުމަށްޓަކައި ސަބްމެރިން ކޭބަލެއް ސްރީލަންކާ އިން އެޅުމުން، އިންޓަނެޓު ކޮލިޓީ ވެގެންދިޔަ. ކުރިން އިންޓަނެޓުގެ ހިދުމަތް ސެޓެލައިޓް މެދުވެރިކޮށް، ބޭނުން ކުރަމުން ދިޔައިރު ވަރަށް ހަނި އާދައިގެ ގޮތެއްގައި ދެމުން ދިޔައީ،" އިސްމާއިލް ވިދާޅުވި އެވެ.
ރާއްޖެ އަށް އަލަށް އިންޓަނެޓާއި މޮބައިލްގެ ހިދުމަތް ތައާރަފުކޮށް ދިނީ ދިރާގުން. ރާއްޖެ ބައިނަލްއަގުވާމީ ދުނިޔެއާ ގުޅައިލުމަށްޓަކައި ސަބްމެރިން ކޭބަލެއް ސްރީލަންކާ އިން އެޅުމުން، އިންޓަނެޓު ކޮލިޓީ ވެގެންދިޔަ. އިންޓަނެޓުގެ ހިދުމަތް ސެޓެލައިޓް މެދުވެރިކޮށް، ބޭނުން ކުރީ ވަރަށް ހަނި ގޮތަކަށްއިސްމާއިލް ރަޝީދު | ދިރާގު ސީއީއޯ[ އެމްޑީ
އޭނާ އިތުރަށް ވިދާޅުވީ އޭގެ ފަހުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 1255 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލެއް އެޅުން ވެގެން ދިޔައީ، ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ހުރިހާ ރަށަކަށް ފޯރުކޮށްދޭން ލިބުނު ފުރުސަތަކަށް ކަމަށެވެ.
"ސަބްމެރިން ކޭބަލް އެޅިއިރު ވަރަށް ގިނަ މީހުން ޗެލެންޖު ކުރި. ތިއީ ވާނެ ކަމެއް ނޫނޭ. ރާއްޖޭގައި ތީގައި ޕޭ-ބެކެއް ނޯންނާނެ އޭ ބުނި. އެހެންނަމަވެސް ދިރާގުން އެ މަސައްކަތް ކުރުމުން މި ސްޕީޑް ތަރައްގީވީ. މީގެ މަގުސަދަކީ މާލެއެކޭ އެއްގޮތަށް މުޅި ރާއްޖެ އަށް ހައި ސްޕީޑް އިންޓަނެޓުގެ ހިދުމަތް ދިނުން،" އިސްމާއިލް ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ އެ ކުންފުނީގެ މިއަދުގެ ޓާގެޓަކީ "ޑިޖިޓަލް ރާއްޖެ" އަކަށް ރާއްޖެ ބަދަލު ކުރުން ކަމަށާ، މި ބަދަލުގެ ސަބަބުން ތައުލީމީ ދާއިރާ އާއި ވިޔަފާރި އަށް ފައިދާ ލިބިގެންދާނެ ކަމަށެވެ.
"މި އަދަކީ ވެސް މިގޮތުން މުހިންމު ލަނޑުދަނޑިއެއް ހާސިލްވި ދުވަހެއް. މިހާރު އާބާދީގެ 75 ޕަސެންޓަށް ފައިބަ ބްރޯޑް ބޭންޑް އިންޓަނެޓު ލިބޭނެ. ރާއްޖޭގެ 58 ރަށަކަށް ކޭބަލް އަޅައިގެން ކުރި އަށް މިދިޔައީ. މި ޕްރޮޖެކްޓް ފެށިތާ ތިން އަހަރެއް ފަހުން. މިހާރު ރާއްޖޭގެ 75 ޕަސެންޓް ގޭބިސީ އަށް ހައި ސްޕީޑް އިންޓަނެޓު ލިބޭނެ،"