ލިކަމެކް ޕްރައިވެޓް ކުންފުނިން ބާއްވާ، ނައިޓް މާކެޓު ބުދަ ދުވަހު ހުޅުވަން އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެ އެވެ
ރޯދަ މަހާ ދިމާކޮށް ބާއްވާ މި ނައިޓް މާކެޓު އިންތިޒާމު ކުރާ ލިކަމެކް ކުންފުނިން ބުނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންޑޯ ނައިޓް މާކެޓް އޮންނާނީ މިމަހުގެ 17 އިން 26 އަށް ދަރުބާރުގޭގައި ކަމަށެވެ.
އެ ކުންފުނިން ބުނީ މިއީ ރާއްޖޭގައި މިފަދަ ބޮޑު އިންޑޯ މާކެޓެއް ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. މި މާކެޓް ގައި ބައިވެރިވެފައިވާ ފަރާތްތަކަށް ފާސް ދޫކުރެވެމުން ދާއިރު ސްޓޯލް ނަގާފައިވާ ފަރާތްތަކުން ދަނީ ވަރަށް ފުރިހަމައަށް މި މާކެޓަށް ތައްޔާރީތައް ވަމުންދާ ކަމަށް ބުނެފައިވެ އެވެ.
ލިކަމެކް ނައިޓް މާކެޓް ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިތަކަކީ އޭޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 16:00 އިން އެރޭ 23:00 އަށެވެ. އަދި މިމަހުގެ 18 އިން 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އަދި 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން އެރޭގެ އިރުއޮއްސި 18:00 އަށެވެ. މި ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 20:00 އަށް ނައިޓް މާކެޓް އާމުންނަށް ބަންދުވާނެ އެވެ. ލިކަމެކް ނައިޓް މާކެޓްގައި އެއް ކެންޓީން އިންނަ އިރު އެ ކެންޓީން ހިންގަމުން ދާނީ ދަ ކިޗަން އިންނެވެ.