ވިޔަފާރި

މިދިޔަ މަހުގެ އެކްސްޕޯޓް 39 ޕަސެންޓް އިތުރުވެއްޖެ

Apr 15, 2019

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 39 ޕަސެންޓް އިތުރުވެއްޖެ އެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެއިން 246 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރުގެ މާޗު މަހު މި އަދަދު 341 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެ އަށް 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރު ބޭރުކުރި 4.1 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ނުވަ ޕަސެންޓް ދަށް އަދަދެކެވެ. އިމްޕޯޓް ކުރި މުދަލުގެ އަގުގެގޮތުން 16 ޕަސެންޓް ސިންގަޕޫރުން އިމްޕޯޓްކޮށްފައިވާއިރު، ޔޫއޭއީ އިން 15 ޕަސެންޓް އަދި ޗައިނާ އިން 12 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފަ އެވެ. ރާއްޖެއަށް އާންމުކޮށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރާ 5 ޤައުމުގެ ތެރޭގައި ނުހިމެނޭ ޤައުމެއެްކަމަށްވާ އަޔަލޭންޑް މިފަހަރު ހިމެނިފައިވަނީ 345 މިލިއަން ރުފިޔާގެ އެއަރކްރާފްޓެއް އެ ޤައުމުން އިމްޕޯޓް ކޮށްފައިވާތީ އެވެ.

ކަސްޓަމުން ބުނި ގޮތުގައި ރާއްޖެ އަށް އާންމުކޮށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރާ ފަސް ގައުމުގެ ތެރޭގައި ނުހިމެނޭ ގައުމެއް ކަމަށްވާ އަޔަލޭންޑް މި އަހަރު ވަނީ މި ލިސްޓުގައި ހިމެނިފަ އެވެ. އެ ގައުމު މި ލިސްޓުގައި ހިމެނިފައިވަނީ މި ފަހަރު 345 މިލިއަން ރުފިޔާގެ އެއާކްރާފްޓެއް އެ ގައުމުން ރާއްޖެ އެތެރެކޮށްފައިވާތީ އެވެ. ނަމަވެސް އެ ބޯޓަކީ ރާއްޖޭގެ ކޮން ކުންފުންޏަކުން ގެނައި ބޯޓެއް ކަމެއް ބުނެފައެއް ނުވެ އެވެ.