އަންނަ ރޯދަ މަހު ވިޔަފާރީގެ ގޮތުގައި މުދާ އުފުލޭނެ ވަގުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މޭ މަހު ހަ ވަނަ ދުވަހުން ފެށިގެން ޖޫން ހަތް ވަނަ ދުވަހުގެ ނިޔަލަށް މޭލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލުމަށް މިނިސްޓްރީން ހުއްދަށް ދީފައިވާ ގަނޑިތަށް ފިޔަވައި އެހެން ގަނޑިތަކުގައި މުދާ އުފުލުން މަނާ ވާނެ ކަމަށެވެ.
ރޯދަމަހު މުދާ އުފުލަން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ ގަނޑިތަކަކީ، ހެނދުނު 9:00 އިން ފެށިގެން ހަވީރު 3:00 އަށެވެ. އަދި ރޭގަނދު 9:00 އިން ހެނދުނު 6:00 އަށެވެ. ޓްރާންސްޕޯޓް އިތުރަށް ބުނީ ހެނދުނު 9:00 އިން ފެށިގެން 15:00 އަށް ފެނާއި ކައްކާ ގޭސް ގެންދާނަމަ، 350 ކިލޯގްރާމް އަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދެއްގައި މުދާ އުފުލުމަކުން މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ހަވީރު 15:00 އިން ފެށިގެން 21:00 އާއި ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް ނުއުފުލޭނެ އެވެ.
ސިނަމާލެ ބުރިޖު ހުރަސްކޮށް މުދާ ގެންދާ ފަރާތްތަކަށް މުދާ ގެންދެވޭނީ، ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށެވެ. އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށެވެ. މި ވަގުތުގައި އުޅަނދުތައް ބުރިޖަށް އަރަންވާނީ މާލެ ދެކުނުފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް ޓްރާންސްޕޯޓް ބުންޏެވެ.
ރޯދަމަހު ބުރިޖުމަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލްއެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާކަމެކެވެ.