ހަބަރު

ރޯދަމަހު ބްރިޖުގައި ބަރު ވެހިކަލް ދުއްވުން މަނާކޮށް މުދާ އުފުލާ ގަޑި ކަނޑައަޅައިފި

Apr 16, 2019

ރޯދަމަހު ސިނަމާލެ ބްރިޖުގައި ބަރު އުޅަނދުތައް ދުއްވުން މަނާކޮށް މުދާ އުފުލޭ ވަގުތުތައް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އިއުލާނުކޮށްފި އެވެ.

އެ އޮތޯރިޓީގެ އިއުލާންގައި ބުނެފައި ވަނީ ހެވީ ވެހިކަލްތައް ސިނަމާޅެ ބުރިޖުގައި ދުއްވުން މަނާކުރި ނަމަވެސް، ބުރިޖުގައި ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި މުދާ އުފުލިދާނެ ކަމަށެވެ. އެގޮތުން ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ދަންވަރު 1:00 އިން ހެނދުނު 6:00 އަށް ސިނަމާލެ ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ، އުފުލޭނެ ކަމަށެވެ.

ޓްރާންސްޕޯޓުން ބުނީ ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 15:00 އަށް އަދި ރޭގަނޑު 21:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށާއި މިވަގުތުތަކުގައި ހުރިހާ ބާވަތެއްގެ މުދާއުފުލިދާނެކަމަށެވެ. ފެނާއި ކައްކާ ގޭސް އުފުލުލުމަށް ވެސް ހަމަޖެހިފައިވާ ގަނޑިތަކަކީ ވެސް ހެނދުނު 9:00 އިން ހަވީރު 15:00 އަށެވެ.