ޓެކްސީ ދަތުރުތަކުގެ އަގުތަކުގެ ޝަކުވާތައް ގިވެގެން ޓެކްސީގައި މީޓަރު ހަރުކުރަން ނިންމާފައިވާއިރު ޓެކްސީ މީޓަރުގެ ގޮތުގައި ބޭނުން ކުރާނީ މޮބައިލް އެޕްލިކޭޝަން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ވިދާޅުވީ މިނިސްްޓްރީން މިހާރު ނިންމާފައިވަނީ ޓެކްސީ މީޓަރުގެ ގޮތުގައި މޮބައިލް އެޕްލިކޭޝަން ބޭނުން ކުރަން ކަމަށާއި އޭގެ ތަފުސީލް މައުމޫމާތުތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ހިދުމަތް ރާއްޖޭގައި ފެށޭވަރު ވާނެ ކަމަށެވެ.
ޓެކްސީގެ މައްސަލަތަކާއި ޝަކުވާތަކަކީ ރާއްޖޭގައި އަބަދުވެސް ބޮޑު ޝަކުވާއަކަށް ވެފައި އޮވެއެވެ.