ކަނޑުމަތީގެ ހާދިސާ

ކަނޑުމަތީ ހާލު ޖެހުނު ބަޔަކު ސަލާމަތްކޮށްފި

Apr 17, 2019

ކ. އިތާފުށި ކައިރިން ނައިޓް ފިޝިންއަށް ނިކުމެ އުޅުނު ލޯންޗެއްގެ އިންޖީނު ހުއްޓިފައި އޮއްވާ ކޯސްޓްގާޑުން އެހީވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރޭ 11:30 އެހާކަންހާއިރު "އޮކްޓޭވް ސްޕީޑް" ލޯންޗް ކަނޑުމަތީގައި އިންޖީނު ހުއްޓިފައި ވަނިކޮށް ސިފައިން ގޮސް އެހީ ވެދީފައިވާ ކަމަށާއި މިހާރު އެ ލޯންޗް ކ. މަނިޔަފުއްޓަށް ވައްދާފައިވާ ކަމަށެވެ.

ލޯންޗުގައި ތިބި ފަސް މީހުން އެމްއެންޑީއެފް ކޯސްޓްގާޑު ރޭ މެންދަމު ވަނީ މާލެ ގެނެސްފަ އެވެ.