ވިޔަފާރި

މައި އެލައިޑު: އިތުރު ފަސޭހަތައް ހިމަނައިފި

އެލައިޑް އިންޝުއަރަންސުން ކުންފުނީގެ ހެލްތު ކަސްޓަމަރުންނަށް ހާއްސަކޮށްގެން އުފެއްދި "މައި އެލައިޑް" ޕޯޓަލް ރީ-ބްރޭންޑް ކުރުމާއެކު ހިދުމަތް ފުޅާކޮށް ޕޯޓަލްއަށް އާ ހިދުމަތް ތަކެއް ތައާރަފުކޮށްފި އެވެ.

އެލައިޑް ސްޕެޝަލް އިވެންޓްގައި މިދިޔަ އަހަރު ލޯންޗު ކުރި މައި އެލައިޑް ޕޯޓަލް ހާއްސަ ވެފައިވަނީ އެލައިޑުގެ ހެލްތް އިންޝުއަަރަންސް ކަސްޓަމަރުންގެ ބޭނުން ތަކަށެވެ.

އެލައިޑް އިންޝުއަރަންސްގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ އެލަައިޑަކީ އަބަދުވެސް ކަސްޓަމަރުންގެ ބޭނުންތައް އެންމެ ފަސޭހައިން ފުއްދޭނެ އިޖާދީ ކަންކަން ތައާރަފު ކުރަން ސަމާލު ކަމެއް ދޭ ކުންފުންޏެއް ކަމަށެވެެ.

އެލައިޑް މޮބައިލް އެޕްލިކޭޝަނާއި އެއް ހަމައަށް މައި އެލައިޑްގެ ހިދުމަތް ފުޅާކު ރުމުން ގިނަ ކަސްޓަމަރުންތަކަކަށް އިންޝުއަރަންސް ހޯދުމުގައި ހޭދަވާ ވަގުތު މަދުވެ އޭގެ މަންފާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މައި އެލައިޑް ޕޯޓަލް އިން ހެލްތް ކްލެއިމްސް އަށް އެދި ފޯމް ހުށައެޅުމާއި ކްލެއިމް ސްޓޭޓަސް ބަލާލުމުގެ އިތުރުން ހެލްތް ޕޮލިސީގެ ލިމިޓުތަކާއި ބާކީ ހުރި މިންވަރު ބަލާލެވެ އެވެ. އަލަށް އިތުރު ކުރެވުނު ހިދުމަތްތަކާއި އެކު މައި އެލައިޑް ޕޯޓަލް ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އިންޝުއަރަންސްގެ އިތުރު ހިދުމަތް ހޯދޭނެ ވަސީލަތަކަށް ވެފަ އެވެ. މައި އެލައިޑް ޕޯޓަލަށް އަލަށް ތައާރަފުކުރެވިފައިވާ މުހިންމު ހިދުމަތްތަކުގެ ތެރޭގައި މޮޓޯ ތާޑް ޕާޓީ އިންޝުއަރަންސް އަދި ތަކާފުލް ނެގުމާއި އައު ކުރުން، ހޯމް ކޮންޓެންޓްސް ތަކާފުލް އާއި ހައްޖު އަދި އުމްރާ ތަކާފުލް ނެގުން، މޮޓޯ އީ-ސްޓިކާ ޖެނެރޭޓްކުރުން އަދި ނަންގަވާފައިވާ އިންޝުއަރެންސް ޕޮލިސީތަކާއި ތަކާފުލް ސެޓްފިކެޓްތައް ވެރިފައިކުރުން ވެސް ހިމެނެ އެވެ.