ހަބަރު

ޓެކްސީއަކުން އަމްރުގެ ދެބަފައިން ބޭލުވި މައްސަލައެއްް ފެންމަތިވެއްޖެ

Apr 18, 2019
35

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު އޭނާގެ ހަ ދުވަހުގެ ދަރިފުޅު ގޮވައިގެން ޓެކްސީއަށް އަރާވަޑައިގަތުމުން ޓެކްސީ ޑްރައިވަރު އެ ދެބަފައިން ކާރުން ބާލައިފި އެވެ.

އަމުރުގެ އަނބިކަނބަލުން އަދި އެމްޑީޕީގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރަލް އަފްޝަން ލަތީފް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އަދި ހަ ދުވަސްވީ އޭނާގެ ދަރިފުޅު ޑޮކްޓަރަށް ދެއްކުމަށްޓަކައި ފިރިމީހާ އަމުރާއި އަފްޝަންގެ ބައްޕަ އޭޑީކޭއަށް ވަޑައިގެންނެވި ކަމަށާއި އެ ހޮސްޕިޓަލަށް ދަރިފުޅު ދައްކާ ނިމުނީ 8:30 ގައި ކަމަށެވެ. އަދި ޓެކްސީއެއް ނުލިބިގެން ވަރަށް ގިނަ އިރު އޭޑީކޭ ދަރުމަތީގައި އަމްރު ވަގުތު ހޭދަކުރެއްވި ކަމަށެވެ.

އަފްޝަން ވިދާޅުވީ، ގިނަ އިރުތަކެއް ވަންދެން މަޑު ކުރެއްވިފަހުން ޓެކްސީއެއް ހުއްޓި ކަމަށާއި އަދި އެ ޓެކްސީގެ ކުރީ ސީޓްގައި އިން ފަސިންޖަރު ކާރުގެ ދޮރު ހުޅުވާލުމަށްފަހު ކާރަށް އަރަން އެދުނު ކަމަށެވެ.

"ޕަސިންޖަރު ބުނީ ކުޑަކުޑަ ދަރިއަކު އުރައިގެން ހުރުމުން ދޫކޮށްލާފަ ދާން ބޭނުންނުވާތީ ޓެކްސީ މަޑުކުރަން ބުނީ ކަމަށް، އޭނާގެ އެދުމަށް އަމުރު ދަރިފުޅު ގޮވައިގެން ކާރަށް އެރީ،" އަފްޝަންގެ ޓްވީޓްގައި ވެއެވެ.

އަފްޝަން ވިދާޅުވީ، އަމްރު ކާރަށް އަރާ ވަޑައިގަތުމުން ކާރުގެ ޑްރައިވަރު ކާރުން ފޭބުމަށްފަހު އެ ދެބަފައިން ނުގެންދާނެ ކަމަށް ބުނުމުން އަމުރު ކާރުން ފާބައިވަޑައިގަތީ ކަމަށެވެ. އަދި އިތުރު ޓެކްސީއެއް ލިބެންދެން އަނެއްކާ ވެސް މަޑު ކުރެއްވީ ކަމަށާއި ކާރުގައި އަމުރުގެ ދެބަފައި ނުގެންދާނެ ކަމަށް ބުނީ ދަރިފުޅު ރޮއެރޮއެ އޮއްވާ ކަމަށެވެ.

އަފްޝަން ވަނީ އޭނާގެ ޓްވީޓްގައި އެ ޓެކްސީގެ ނަމްބަރުވެސް ހިމަނާފަ އެވެ. އަދި އޭނާ ވަނީ ހަ ދުވަހުގެ ދަރިފުޅު ރޮއެރޮއެ އޮއްވައި ބޭލުމުން އެކަމާ ސުވާލު އުފައްދާފަ އެވެ.