ދިރާގު

ދިރާގު ޓީވީން ހިލޭ އެޑް-އޯން ޕެކޭޖެއް ދޫކުރަނީ

ދިރާގު ޓީވީން ފަހުން ތައާރަފު ކުރި ޕެކޭޖު ތަކަށް އިތުރު "އެޑް- އޯން" ޕެކޭޖެއް ހިމަނައި އިތުރަށް ފުރިހަމަ ކޮށްލައި އެވެ.

ދިރާގުން ފެށި މި ޕްރޮމޯޝަންގައި ބޭސިކް ޕެކޭޖަށް ނެގުމުން "އެކްސައިޓްމެންޓް އެޑް- އޮން" ޕެކޭޖު ހިލޭ ލިބެ އެވެ. މި އެޑްއޯންގައި އިތުރުން 22 ޗެނަލް ހިމެނެ އެވެ. މި އެޑްއޮންއަކީ ކުރިން އަގު ދައްކައިގެން، 120 ރުފިޔާ އަށް ލިބޭ އެޑް އޮން ޕެކޭޖެކެވެ. ނަމަވެސް މިހާރު މި އެޑް- އޯން ހިލޭ ލިބެ އެވެ.

ދިރާގުގެ މި ޕްރޮމޯޝަނާއެކު ހުރިހާ ޗެނަލެއް 399 ރުފިޔާ އަށް މިހާރު ބަލައިލެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ ޖޫން މަހުގެ ނިޔަލަށެވެ.

އައިޕީޓީވީ ހިދުމަތާއެކު ގިނަ ޗެނަލްތައް ފޯރުކޮށްދޭ ދިރާގު ޓީވީގައި 90 އަށް ވުރެ ގިނަ ޗެނަލް ލިބެ އެވެ. މި ޓީވީގެ ހިދުމަތް މިހާރު ރާއްޖޭގެ 75 ޕަސެންޓަށް ލިބެ އެވެ.