ހަބަރު

ރިލްވާން މައްސަލާގައި ޝުމްބާއާ ސުވާލުކޮށްފި

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ) ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ބަޔަކު ރާވައިގެން ރިލްވާން ގެއްލުވާލުމާ ގުޅޭ ގޮތުން 2014 ވަނަ އަހަރު އޮގަސްޓު މަހުގެ ތެރޭގައި ޝުމްބާ ކުރި ޓްވީޓުތަކާ ގުޅިގެން އޭނާ ކޮމިޝަނަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

މަރު ތަހުގީގު ކުރާ ކޮމިޝަނުން ކުރި ޓްވީޓު

ޝުމްބާ ހާޒިރު ކޮށްފައިވާއިރު މީގެ ކުރިން އެ ކޮމިޝަނަށް ވަނީ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ވެސް ހާޒިރުކޮށްފަ އެވެ. އޭނާ ވެސް ހާޒިރު ކުރީ ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުރި ޓްވީޓުތަކާ ގުޅިގެނެވެ.