ލައިފްސްޓައިލް

ނަތާޝާގެ މަސަކަތް ހަމަ ވަރަށް ސަޅި!

ކޮންމެ މީހަކު ދިމާވެގެންވެސް "ކިހިނެއްހޭ؟" އަހާލާއިރަށް "ވަރަށް ރަނގަޅޭ!" ބުނާނެ އެެވެ. އޭނާ އޯކޭ ނޫނަސް އެވާހަކަ މާ ބޮޑަށް ދައްކަން ބޭނުން ނުވާތީ "ހަމަ ވަރަށް ސަޅިއޭ" ބުނަނީ އެވެ. އެހެންވަނީ ނަފްސާނީ ގޮތުން މީހާގެ ހާލު އެހެންމީހުނަށް އެނގިއްޖެނަމަ އެއީ މާ ދެރަވަރުގެ ކަމެއް ކަމަށް ގަބޫލު ކުރެވިފައި އޮންނާތީ އެވެ.

ނާއުއްމީދުވެ، ހަދާނެގޮތް ހުސްވެގެން އުޅެންޖެހޭ ހާލަތުން ރިލީފެއް ހޯދަން ކުރެވިދާނެ އެއްކަމަކީ ރައްޓެހިންނާއި އާއިލާއާއި ވާހަކަ ދެއްކުމާއި ޕްރޮފެޝަނަލެއްގެ އެހީތެރިކަން ހޯދުމެވެ. ފާތުމަތު ނަތާޝާ މިއީ އަހަރަމެންގެ އެކުވެރިޔާ ކަމަށް ބަލާށެވެ. ނަތަޝާއަކީ ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަންގެ ކައުންސެލަރެވެ. އަދި ޕާޓް ޓައިމްކޮށް ވިމަންސެންޓާ ބައި ޔޫލިއާގައި ވެސް ކައުންސެލަރެއްގެ ގޮތު ނަތާޝާ މަސަކަތް ކުރެ އެވެ. ކައުންސެލަރެއްގެ ގޮތުގައި އޭނާ މީހުނަށް އެހީވެދެއްވާތާ މހާރު 13 އަހަރުވެއްޖެ އެވެ.

ނަތާޝާއަށް ވީގޮތަކީ ސްކޫލް ނިންމި ތަނާ ކައުންސެލާ ކޯހެއް ފުރިހަމަކޮށްލެވުނީ އެވެ. ދެންވީ ގޮތަކީ އެ ދާއިރާގައި ކުރިޔަށްދާން ނިންމުނީ އެވެ. މިހާރު ވެސް އޭނާ ގެންދަނީ އިތުރަށް ކިޔަވަމުންނެވެ.

"މަސައްކަތް ފެށީ، ސްކޫލް ނިންމާފައި ހެދި ކައުންސެލާ ކޯހުން. މި ކޯސްވެގެންދިޔަ އަމިއްލަ މީހާގެ އެކި އެކި އިޝޫސްތަކަށް ވޯކްކުރުމުގެ ޓާނިން ޕޮއިންޓަކަށް. އެހެންވެ މި ދާއިރާއަށް ބޮޑަށް ޝައުގުވެރިވީ،". އޭނާ . ބުންޏެވެ


ނަތާޝާ ބުނި ގޮތުގައި އޭނާ ސީއެޗްއެސްއީގެ ދަރިވަރުންނަށް ކައުންސެލިން ދޭން އުޅޭއިރު ވަރަށް ގިނަ ދަރިވަރުން އޭނާއާ ވާހަކަ ދައްކާލަން ދެއެވެ. ކުދިން އެ ހިދުމަތް ހޯދަން ކޮންމެވެސް ވަރެއްގެ ފަސްޖެހެ އެވެ. އެކަމަކު ކޮންމެ ދުވަހަކުވެސް ހަތަރު ފަސްކުއްޖަކު ނަތާޝާގެ އެހީއަށް އެދެ އެވެ.

"މި އުމުރު ފުރައަކީ ވަރަށް ބެލެނިވެރިންނާއި ކުދިންނާއި ހިޔާލުތަފާތުވުންތަކެއްވެސް އޮންނަ އުމުރެއް. ބަޔެއް ކަންކަމުގައި ބުނާނެ ތީ ބޮޑެތި ކުދިންނޭ. އަނެއްބައި ކަންކަމުގައި ބުނާނެ އަދި ތީ ކުޑަކުދިންނޭ. އަދި ބަޔެއް ކަންކަމުގައި ބެލެނިވެރިން ހިފަހައްޓާ ކުދިންނާއި ބެލެނިވެރިންނާއި އޮންނަ ޓެންޝަން ބޮޑުވެގެންދޭ. މި ކުދިން ބޭނުންވޭ މީހަކާއި ވާހަކަ ދައްކާލާ ހަދާލަން. އެ ފުރުސަތު ސްކޫލުން ކައުންސެލަރެއްގެ އެހީގައި ފަހި މިކޮށްދެނީ،"

ވިމަން ސެންޓަރުގައި އެކި އުމުރުފުރައިގެ އަންހެނުންނާއި ފިރހެނުންވެސް ނަތާޝާ ކައުންސެލިން ސެޝަންތައް ނަގައިދެ އެވެ.

"ވިމަން ސެންޓަރުގައި މި ނަގައިދެނީ އެއް ގަޑިއިރުގެ ސެޝަނެއް. އެކި ކަހަލަ އިޝޫޒް ހުންނަ މީހުން އާދޭ. ޑައެގްނޯސް ކޮށްފަ ހުންނަ ކޭސަސް އަދި ކައިވެނީގައިޖެހޭ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކާލުމަށް އަންނަނީ. ނަފްސާނީ ބަލިމަޑުކަމަކީ ވަކި އުމުރަކަށް ނުވަތަ ޖިންސަކަށްވާ ކަމެއް ނޫން،"

ކުޑަކުޑަ އާއިލާއެއް ބަލަހައްޓަމަން މިކަހަލަ ވަޒީފާއެއް އަދާކުރަން އާއިލާގެ ފަރާތުންކަމުގައި ނަތާޝާއަށް ބޮޑު އެހީއެއް އޮވެއެވެ.

"އަމިއްލަ އަށް ހުސްވަގުތު ހޯދުމާއި، އަމިއްލަ އަށް ރައްޓެހިންނާއި އެއްކޮށް ބޭރަށް ދިއުން މި ކަހަލަ ކަންކަން ކުރަން. ކޮންމެ މީހާކުވެސް އެބަޖެހޭ އެމީހެއްގެ އަމިއްލަ ނަފްސާއި މެދު ވިސްނާ، އަމިއްލަ ނަފްސާއި އަޅާލާ އަދި އަމިއްލަ ނަފްސްދެކެ ލޯބިވާންވެސް"

ނަތާޝާ ބުނިގޮތުގައި އޭނާގެ މަސައްކަތުގައި އެންމެ އިންސްޕަޔަރިން ނަމޫނާއަކަށް ބެލީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ ލެކްޗަރާ މަރިޔަމް ވަރުޖީނާ އެވެ. ކެރިއާ ގޯލްސް ހާސިލް ކުރަން އޭނާ ބޭނުންވަނީ މި ދާއިރާއިން އިތުރަށް ކިޔަވާ އެކި އެކި ތަމްރީން ހޯދާއިގެ ބާރަށް ކުރިއަށް ދާށެވެ.