ބޮލީވުޑްގެ މަޝްހޫރު ތަރި އައިޝްވާރިޔާ ރާއި ބަޗަން އާއި ފިރިމީހާ އަދި އެކްޓަރު އަބީޝޭކް ބަޗަން ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެ އެވެ.
އައިޝްވާރިޔާ އޭނާގެ ފިރިމީހާ އާއެކު މި ދަތުރުގައި ދަރިފުޅު އަަރާދިޔާ ބަޗަންވެސްް ވަނީ ބައިވެރިވެ އެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ރާއްޖެ އައިސް އެ އާއިލާ ޗުއްޓީ ހޭދަކުރަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގަ އެވެ.
އައިޝްވާރިޔާ ވަނީ އޭނާގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އެތައް ހާސް ފޮލޯވަރުންނަށް ނިޔާމަ ރިސޯޓުގައި ނަގާފައިވާ ރާއްޖޭގެ ރީތި ފޮޓޯ އެއް ހިއްސާކޮށްފަ އެވެ.