ދެ ގައުމުގެ މެދުގައި ހިޔާލު ބަދަލު ކުރުމުގެ ގޮތުން ފަލަސްތީނުގެ ރައީސް މަހްމޫދް އައްބާސާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
ރައީސް އައްބާސް މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަރަބި ލީގުގެ ހާއްސަ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި އަރަބި ލީގުގައި ހިމެނޭ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާއި ފަލަސްތީނުގެ ހިފާފައިވާ ސަރަހައްދުތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ކައިރޯއަަށް ކަނޑައަޅާފައިވާ ފަލަސްތީނުގެ މަންދޫބު ދިއާބް އައްލޫހް ވިދާޅުވެ އެވެ.
ފަލަސްތީނުގައި ހަރަކާތްތެރިވާ ދެކޮޅުވެރި ޖަމާއަތްތަކާއި ދެމެދު ސުލްހަ ގާއިމްކުރުމަށްޓަކައި މަޝްވަރާ ކުރާނެ މަގުތައް ހޯދުމަށް މިދިޔަ ޖެނުއަރީ މަހުވެސް ދެ ގައުމުގެ ވެރިން ވަނީ ބައްދަލު ކުރައްވާފަ އެވެ.
މި މަހުގެ ކުރީކޮޅު މިސްރުގެ ރައީސް ވަނީ އެމެރިކާގެ ރައީސްް ޑޮނަލްޑް ޓްރަމްޕްއާއި ބައްދަލު ކުރައްވާ މެދު އިރުމަތީގެ ގުޅުން ބަދަހި ކުރުމާމެދު ވެސް މަޝްވަރާ ކުރައްވާފަ އެވެ.