އިޒްރޭލް

"އިޒުރޭލުން ރަފާހް ބޯޑަރު ހުޅުވާކަށް ނޫޅޭ"

ރަފާހް ބޯޑަރު ހުރަސްކޮށް މިސްރަށް ވަނުމަށް ކިޔޫގައި ތިބި ފަލަސްތީން މީހުން -- މިސްރުގެ އިދާރާތަކުން ބުނާ ގޮތުން ޣައްޒާ ރައްޔިތުން އެ ގައުމަށް ވެއްދުމަކީ ބިރުވެރިކަމެއް
0%
0%
100%

އިޒުރޭލުން ރަފާހް ބޯޑަރު ހުޅުވަން އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެނިވަޑައި ނުގަންނަވާ ކަމަށް ފަލަސްތީންގެ ސިއްހަތާ ބެހޭ ވަޒީރު މާޖިދު އަބޫ ރަމަޟާން ވިދާޅުވެއްޖެ އެވެ.

ޖެނީވާގައި އދގެ ބައްދަލުވުމެއްގައި އަބޫ ރަމަޟާން ވިދާޅުވީ ރަފާހް ބޯޑަރު ހުޅުވުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައުން އަދި ވަކިން ހާއްސަކޮށް އެމެރިކާއިން އިޒުރޭލަށް ޕްރެޝަރުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ޣައްޒާ އަށާއި ރަފާހްއަށް މީގެކުރިން އެންމެ ގިނައިން އެހީ އެތެރެކުރީ މިސްރުގެ ތެރެއިން ރަފާހް ބޯޑަރު ހުރަސްކޮށެެވެ. ނަމަވެސް އިޒުރޭލު ސިފައިން މީ ދެތިން ހަފުތާ ކުރިން ރަފާހް ބޯޑަރު ހިސާރުކުރުމާ އެކު އެހީވެއްދޭނެ އިތުރު ގޮތެއް ނެތެވެ.

އަބޫ ރަމަޟާން ވިދާޅުވި ގޮތުން ޣައްޒާއަށް އެހީ ވެއްދުން ހުއްޓިފައި އޮންނަންވެއްޖެނަމަ މީހުން ބަނޑަށް މަރުވުން ވަރަށް ބޮޑަށް އިތުރުވާނެ އެވެ.

އިޒުރޭލު ސިފައިން ރަފާހްއަށް ދެމުންދާ ހަމަލާތަކުން ސަލާމަތްވާން އެ އަވަށް ދޫކޮށް އެތައް ލައްކަ މީހުން ގޮސްފައިވާއިރު މި މީހުންނަށް އެހީ ފޯރުކޮށްދިނުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

އަސްކަރީ ބާރަކުން، ތޮއްޖެހިފައި އޮތް ރަފާހްއަށް އަރައިގަތުމަކީ ބިރުވެރިކަމެއް ކަމަށް މުޅި ދުނިޔެ އިންޒާރުދިފައި ވަނިކޮށް ޒަޔަނިސްޓުން ވަނީ ރަފާހްއަށް ވަދެގެންފަ އެވެ.

އިޒުރޭލުން ރަފާހްގައި ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންގައި، ގަސްދުގައި މީހުން މަރަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހަފްތާގެ ކުރީ ކޮޅު އިޒުރޭލުގެ މަތިންދާބޯޓުތަކުން ރަފާހްގެ ފޭލިގެތަކަށް ހަމަލާދީ ވަނީ އެތައް ބަޔަކު މަރާފަ އެވެ. މިއީ ތަރުޖިބާކާރުން ދެކޭ ގޮތުގައި އިޒުރޭލުން ގަސްދުގައި ކުރަމުންދާ ކަމެކެވެ.

އިޒުރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތުން، ޒަޔަނިސްޓުންގެ އަނިޔާވެރި ހަމަލާތަކަށް ނުރުހުމުގެ އެންމެ ބަހެއްވެސް ނުބުނެ އެވެ. ނުރުހުމުގެ ބަހަކަށް ވާނީ އެ ބުނުމެއްގެ ސަބަބުން ޔަހޫދީ ވެރިންނަށް އެނގުމެއް ވުމުންނެވެ.

ފަލަސްތީންގެ ނިކަމެތިން ދިރިތިއްބައި އަންދައި މެރުމަށްޓަކައި އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ ގައުމަކި ވެސް އެމެރިކާ އެވެ.

އިޒުރޭލޭލަށް ހަތިޔާރު ނުވިއްކުމަށް އިނގިރޭސިވިލާތަށް މުޅި ދުނިޔެއިން ގޮވާލާފައި އޮތް ނަމަވެސް، އެކަން ނުހުންޓާނެ ކަމަށް އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކު ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910