ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ހާއްސަ މަންދޫބެއް ލަންކާއަށް ފޮނުވަނީ

މިއަދު ލަންކާގައި ދިން ހަމަލާތަކުގައި ގެއްލުންތައް ލިބުނު ބައެއް އާއިލާތަކުގެ މީހުންގެ ތެރޭގައި ހިމެނޭ ބަޔަކު މީހުން
0%
0%
0%

ސްރީލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދް ހަލީލް އެ ގައުމަށް ފޮނުވަން ރައީސް ސޯލިހުން ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ އަހްމަދް ހަލީލް ސްރީލަންކާއަށް ފުރާ ވަޑައިގަންނަވާނީ މިރޭގެ ވަގުތެއްގައި ކަމަށެވެ. މި ދަތުރުފުޅު ގައި ހަލީލް ވަޑައިގެން ލަންކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ. އަދި ލަންކާގައި ދިރި އުޅެމުންދާ ދިވެހިންގެ ހާލު ބައްލަވައި، ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދެވޭނެ ގޮތްތަށް އޮޅުންފިލުއްވާނެ އެވެ.

ސްޓޭޓް މިިނިސްޓަރު ހަލީލް

ލަންކާގައި މިއަދު ދިން ހުރިހާ ހަމަލާތަކެއް ދީފައިވަނީ ދިވެހިން އާއްމުކޮށް ގޮސް އުޅޭ ސަރަހައްދުތަކުގަ އެވެ. އެގޮތުން ބޮމުގެ ހަމަލާ ދީފައިވާ ޝަންގްރިއްލާ ހޮޓަލާއި، ސިނިމަން ގްރޭންޑް އަކީ އާއްމުކޮށް ދިވެހިން ލަންކާއަށް ކުރާ ދަތުރުތަކުގައި މަޑު ކޮށްގެން ތިބޭ ދެ ހޮޓަލެވެ. އަށްވަނަ ހަމަލާދިން ދެހިވެލާއަކީ ދިވެހިން ގިނަ އަދަދަކަށް ދިރުއުޅެމުންދާ ސަރަހައްދެކެވެ.

މިއަދުގެ ހަމަލާތަކުގައި މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ވަނީ ބުނެފަ އެވެ. ލަންކާގައި ދިވެހިންގެ 15،000 އަށް ވުރެ ގިނަ ދިވެހިން އުޅެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910